ޙަބަރުރ.އަތޮޅު

ރ.އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

ރ. އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފިއެވެ. މި ރިސޯޓް ރަސްމީކޮށް ހުޅުވާފައި ވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއް ކަމުގައިވާ ކޮރަލް އެޖް ޕްރައިވެޓް ލިމިޓެޑުން ރ.އަތޮޅުގައި ތަރައްޤީކުރި ރިސޯޓެކެވެ.

ދިގަލި ރިސޯޓު ހުޅުވުމުގެ ގޮތުން ޖޫންމަހުގެ 1 ވަނަ ދުވަހު ވަނީ އެރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔާފައެވެ. މި ފަތުރުވެރިޔާ ދިގަލި ރިސޯޓަށް ދަތުރުކޮށްފައި ވަނީ ވެލާނާ އިންޓަނޭސަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭންއެއްގައެވެ. މި ދަތުރަށް ހޭދަވީ 45 މިނެޓެވެ. އޭގެ އިތުރުން އިފުރު އެއާޕޯޓު އަދި ދަރަވަންދޫ އެއާޕޯޓަށް ޖެއްސުމަށްފަހު ލޯންޗެއްގައި ދަތުރުކޮށްގެން ވެސް ދިގަލި ރިސޯޓަށް ދަތުރުކުރެވޭނެއެވެ. މި ގޮތަށް ދަތުރު ކުރުމަށް ހޭދަވާނީ 70 މިނެޓް ކަމުގައި ދިގަލި ރިސޯޓުން މައުލޫމާތުދެއްވައެވެ.

ރ. އަތޮޅު މީދޫ ކައިރީގައި އޮންނަ 5 ތަރީގެ މި ރިސޯޓަކީ 18.5 ހެކްޓަރުގެ ބޮޑު ރަށެކެވެ. ދިގަލި ރިސޯޓަކީ 180 ކޮޓަރީގެ ރިސޯޓެކެވެ.  ދިގަލީއަކީ ތަފާތު އެކި ކެޓަގަރީތަކުގެ 180 ވިލާ ހިމެނޭ ރިސޯޓެކެވެ. އެގޮތުން 19 ބީޗް ބަންގަލޯ އާއި 24 ވޯޓާ ވިލާ، 33 ބީޗް ޑިލަކްސް ބަންގަލޯ، 64 ބީޗް ވިލާ، ޕޫލާއެކު 20 ބީޗް ވިލާ، ޕޫލާއެކު 16 ލެގޫން ވިލާ، ޕޫލާއެކު 3 ބީޗް ސުއިޓް އަދި ދިގަލި ސުއިޓްގެ ނަމުގައި ހާއްސަ ސުއިޓެއް ވެސް ހުރެ އެވެ. އަދި މީގެ އިތުރުން 12 ޓްރީޓްމަންޓް ރޫމް ހިމެނޭ ސްޕާއަކާއި މޫދު ކުޅިވަރުތަކާއި ޑައިވިން އަދި ފިޓްނަސް ސެންޓަރެއްގެ ހިދުމަތް ވެސް ލިބެންހުރެ އެވެ.

ަލި މޯލްޑިވްސް ރިސޯޓްގެ ޑިލަކްސް ބީޗް ބަނގްލޯއެއް – ފޮޓޯ: ދިގަލި
ަލި މޯލްޑިވްސް ރިސޯޓްގެ ޑިލަކްސް ބީޗް ބަނގްލޯއެއް – ފޮޓޯ: ދިގަލި

މި ރިސޯޓްގައި ފަސް ރެސްޓޯރެންޓް ހުންނައިރު، މި ރެސްޓޯރެންޓްތަކުން އޭޝިއާ، ޔޫރަޕް އަދި ދިވެހި ރަހަތައް ތަޖުރިބާކޮށްލެވޭނެއެވެ.

ދިގަލި ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، ރާއްޖޭގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ބަޔޮސްފިއާ ރިޒާވް ސަރަޙައްދުގައިވާ ހަނިފަރު ބޭއަށް ޑައިވިންއަށް ގޮސް، އެތަނުގެ ކަނޑުއަޑީގެ ޤުދުރަތީ ރީތިކަން ބަލާލުމުގެ ފުރުޞަތު ލިބިގެންދާނޭކަމަށް ކޮރަލް އެޖް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

ދިގަލި މޯލްޑިވްސް ހުޅުވުމާއެކު ރ.އަތޮޅުގައި މިހާރު އޮޕެރޭޓް ކުރާ ރިސޯޓްގެ އަދަދު 5 އަކަށް އަރާނެވެ.

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close