ޙަބަރުރ.އަތޮޅު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އޮންލައިންކޮށް ކިއު ނަންބަރު ނެގޭ ޚިދުމަތް ތައާރަފުކޮށްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެ ހޮސްޕިޓަލަށް ޑޮޓްކަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ކިއު ނަންބަރު ނެގޭ ޚިދުމަތެއް ތައާރަފުކޮށްފިއެވެ. މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ ޖޫން 1 ވަނަ ދުވަހުން ފެށިގެންނެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރ ޙަސަން ފަޒީލް އުނގޫފާރު ޑޮޓްކޮމް އަށް މަޢުލޫމާތު ދެއްވިގޮތުގައި މި ޚިދުމަތް ބޭނުންކުރައްވައިގެން ހޮސްޕިޓަލަށް ނައިސް ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް ޤާއިމްކޮށްފައިވާ އޮންލައިން ކިއުސިސްޓަމް ބޭނުންކުރައްވައިގެން ޑޮކްޓަރަށް ދެއްކުމަށް މެމޯ ހެއްދުމަށް ކިއުނަންބަރު ނެގޭނެއެވެ.

ޙަސަން ފަޒީލް މަޢުލޫމާތު ދެއްވި ގޮތުގައި މި ޚިދުމަތަކީ އަތޮޅު ފެރީގައި ޑޮކްޓަރަށް ދެއްކުމަށް އުނގޫފާރަށް އަންނަ ފަރާތްތަކަށް އަތޮޅު ފެރީ އުނގޫފާރަށް ލަފާ ގަޑި ލަސްވުމުގެ ސަބަބުން ކިއު ނަންބަރު ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފެށި ޚިދުމަތެކެވެ. މި ޚިދުމަތް ބޭނުންކުރާނެ ގޮތް ޙަސަން އުނގޫފާރު.ކޮމް އާ ހިއްސާކުރިއެވެ. އެ ގޮތުން އެ ޚިދުމަތް ބޭނުންކުރާނެ ގޮތް ތިރީގައި މިވަނީއެވެ.

  • ފޯނުން ނުވަތަ ކޮންޕިއުޓަރަކުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮންލައިން ކިއު ސިސްޓަމް (q.urh.gov.mv) އަން ވަންނަވާށެވެ. އޭރުން ހޮސްޕިޓަލުގައި މިހާރު ޚިދުމަތް ދެމުންދާ ކިއު ނަންބަރުތައް އޮންލައިންކޮށް ފެންނަން ހުންނާނެއެވެ.

1

 

  • މަތީ މެނޫ ބައިގައި “Get Token Number” ޖަހާފައިވާ މެނޫއެއް އިންނާނެއެވެ. އެ މެނޫ ނަންގަވާށެވެ.

3

  • އެ މެނޫ ނެންގެވުމުން އައިޑީކާޑް ނަންބަރު ނުވަރަ ޕާސްޕޯޓް ނަންބަރު ޖައްސަވަން އަންނާނެއެވެ. އައިޑީ ކާޑް ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު ޖެއްސެވުމުން އެމީހަކަށް ލިބިލައްވާ ކިއު ނަންބަރު އަދި އެމީހަކު ޖެއްސެވި އައިޑީ ކާޑް ނަންބަރު ނުވަތަ ޕަސްޕޯޓް ނަންބަރު ލިޔެފައިވާ ރިސިޕްޓް ކޮޅެއް ފޮޓޯއެއް ގޮތުގައި ފޯނަށް ނުވަތަ ކޮންޕިއުޓަރަށް ސޭވް ވާނެއެވެ.

 

4

5
ކިއު ނަންބަރު އަދި އައިޑީ ކާޑް / ޕާސްޕޯޓް ނަންބަރު ހިމެނޭ ފޮޓޯ ރިސިޕްޓް ކޮޅު

އެ  މީހަކަށް ލިބިލައްވާފައިވާ ކިއު ނަންބަރަށް ޚިދުމަތް ހޯދުމަށް  އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ރެޖިސްޓްރޭޝަން ކައުންޓަރަށް ދުރުވާށެވެ. ލިބިލައްވާފައިވާ ކިއު ނަންބަރާ ޖެހުމުމުން ސޭވް ވެފައިވާ ކިއު ނަންބަރު ހިމެނޭ ފޮޓޯ ރިސިޕްޓް ކައުންޓަރަށް ދައްކާށެވެ. އެއާ އެކު އެމީހަކު ޖެއްސެވި އައިޑީ ކާޑް  / ޕާސްޕޯޓް ނަންބަރާ ދިމާވާ އައިޑީ ކާޑް  ނުވަތަ ޕާސްޕޯޓް ކައުންޓަރަށް ހުށައަޅަން ވާނެއެވެ. އައިޑީ ކާޑް  / ޕާސްޕޯޓް ނަންބަރާ ދިމާވާ އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް އެމީހެއްގެ އަތުގައި ނެތް ނަމަ ޚިދުމަތެއް ނުދެވޭނެއެވެ.

މި ގޮތުން ކޮންމެ އައިޑީ ކާޑް/ޕާސްޕޯޓް ނަންބަރަކަށް ވެސް ނެންގެވޭނީ 1 ކިއު ނަންބަރެވެ. އެ އައިޑީ ކާޑް/ޕާސްޕޯޓް ނަންބަރަކަށް އެހެން ކިއު ނަންބަރެއް ނެގޭނީ އެ ކިއު ނަންބަރު ކެޓުމުން ނުވަތަ ޚިދުމަތްދީ ނިމުމުންނެވެ. އަދި ކޮންމެ ކިއު ނަންބަރަކުން ވެސް 2 ޑޮކްޓަރަކަށް ދެއްކުމަށް ރެޖިސްޓްރީކޮށް މެމޯ ހެއްދޭނެއެވެ.

ހެދުނު 8 ޖަހާއިރު ބައްލަވަން ފަށާ ޑޮކްޓަރުންނަށް ދެއްކުމަށް އޮންލައިންކޮށް ކިއު ނަންބަރު ދޫކުރަން ފަށާނީ ހެނދުނު 8:00 ން ފެށިގެންނެވެ. މި އޮންލައިން ކިއު ސިސްޓަމް މަސައްކަތް ކުރާނީ ހެނދުނު 8 ން އިރުއޮއްސި 6 ކަށެވެ.

މި ޙިދުމަތް ތައާރަފު ކުރުމަކީ ޑޮކްޓަރަށް ދެއްކުމަށް އަތޮޅު ފެރީގައި ދަތުރުކޮށް އުނގޫފާރަށް އަންނަ ގިނަ އަދަދެއްގެ ބަޔަކަށް ވަރަށް ބޮޑު ލުއިފަސޭހަ ތެކެއް ލިބިގެން ދާނެ ކަމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
އަބުDholhi thuthu Recent comment authors
އަބު
Guest
އަބު

ތިޔަ ސިސްޓަމުން ޓޯކަންއެއް ނުނެގޭ،،، މައްޝޫރުވާންވެސް ބޮޑުވަރު

Dholhi thuthu
Guest
Dholhi thuthu

Ferry ga anna meehunah libigen dhiya v bodu luyeh..

Close