ޙަބަރުރ.އަތޮޅު

އަލް ޙާފިޡް މުޙައްމަދު މުސްޠަފާ މިރޭ ހުޅުދުއްފާރުގައި އިމާމްވެ ތަރާވީޙް ނަމާދު ކުރަނީ

ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ހަގު ޙާފިޡް ބ.އޭދަފުށި ޖަންބުމާގެ އުމުރުން 11 އަހަރުގެ މުޙައްމަދު މުސްޠަފާ މިއަދު ހުޅުދުއްފާރުގައި ޙިފްޡްކޮށް އިމާމްވެ ތަރާވީޙް ނާމާދު ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ހުޅުދުއްފާރު ކައުންސިލްގެ ނައިބް ރައީސް ޢަލީ ޖާވިދް “އުނގޫފާރު.ކޮމް” އަށް މަޢުލޫމާތު ދެއްވި ގޮތުގައި އަލް ޙާފިޡް މުޙައްމަދު މުސްޠަފާ ހުޅުދުއްފާރުގައި މިރޭ ތަރާވީޙް ނަމާދު ކުރާނެއެވެ. ހުޅުދުއްފާރު ކައުންސިލާ ހުޅުދުއްފާރު މުއައްސަސާތަކާ ގުޅިގެން ޙާފިޡް މުސްޠަފާ ހުޅުދުއްފާރަށް ގެނެސްފައި ވަނީ މިއަދު ހެދުނުއެވެ. ޖާވިދް މަޢުލޫމާތު ދެއްވި ގޮތުގައި ޙާފިޡް މުސްޠަފާ ހުޅުދުއްފާރުގައި މަޑުކުރާނީ 1 ދުވަހުގެ މުއްދަތަކަށެވެ.

ޙާފިޡް މުޙައްމަދު މުސްޠަފާ ވަނީ ޖޫން 9 ވަނަ ދުވަހު މަޑުއްވަރީ ކައުންސިލްގެ އެދުމުގެ މަތިން ރ.މަޑުއްވަރީގައި ވެސް ޙިފްޡްކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްފައެވެ.

މުސްޠަފާ ވަނީ އިންޑިއާގައި ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށްފައެވެ. އަދި އޭނާ އަކީ ރާއްޖޭގައި މިހާތަނަށް ޙިފްޡްކޮށް ތަރާވީސް ނަމާދުކޮށްފައިވާ އެންމެ ހަގު އިމާމެވެ. މުސްޠަފާ ކިރީތި ޤްރުއާން ކިޔަވާ ފަރިތަ ކަމާއި އެހާ ހަގު އުމުރެއްގައި ޤުރްއާން ހިތުދަސްކޮށްފައި ވާތީ އޭނާއަށް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިފައެވެ.

މި ރަމަޟާން މަހު މުސްޠަފާ ވަނީ ބ.އޭދަފުށީގައި ހިފްޒްކޮށް ތަރާވީސް ނަމާދުކޮށް އެންމެން ހައިރާންކޮށްލާފައެވެ. އަދި އޭނާއަށް ވަނީ ގިނަ މީޑިއާތަކެއްގެ ސަމާލުކަން ހުއްޓިފައެވެ.

އުނގޫފާރު.ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްޠަފާގެ މި ހުނަރާއި ޤާބިލްކަމުގެ ސަބަބުން ގިނަ ރަށްރަށެއްގެ ކައުންސިލުން ދަނީ އެރަށްރަށުގައި އިމާމްވެ ތަރާވީސް ނަމާދު ކުރުމަށް މުސްޠަފާގެ ކިބައިން އެދެމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close