ޙަބަރުރ.އަތޮޅު

ފިޠުރު ޢީދު ބަންދުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ގަޑިއާއި ޚިދުމަތްތައް ހަމަޖެހިފައިވާ ގޮތަށް ބަދަލެއް

1438 ވަނަ އަހަރުގެ ފިޠުރު ޢީދާއި ގުޅިގެން 25 ޖޫން 2017 ވާ އާދިއްތަ ދުވަހުން ފެށިގެން 29 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަ ޖެހިފައިވާތީ މި ދުވަސްތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީގަޑިއާއި ޚިދުމަތް ދިނުމަށް ހަމަޖެހިފާވާ ގޮތްތަކަށް ބަދަލުތަކެއް އަތުވެއްޖެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ފިޠުރު ޢީދުގެ ބަންދު ދުވަސްތަކުގެ ތެރެއިން 25 ޖޫން 2017 (އާދިއްތަ)، 27 ޖޫން 2017 (އަންގާރަ) އަދި 29 ޖޫން 2017 (ބުރާސްފަތި) ދުވަހު އެ ހޮސްޕިޓަލުގެ އައިޕީޑީ އަދި އެމަޖެންސީ ޚިދުމަތް ފިޔަވާ ހުރިހާ ޚިދުމަތެއް ބަންދުވާނެއެވެ.

ނަމަވެސް 26 ޖޫން 2017 (ހޯމަ)، 28 ޖޫން 2017 (ބުދަ) އަދި 01 ޖުލައި 2017 (ހޮނިހިރު) މި ދުވަސްތަކުގައި ކުރިއެކޭ ވެސް އެއްގޮތަށް ހޮސްޕިޓަލުގެ އޯޕީޑީގެ ޙިދުމަތް ދެމުން ގެންދާނެ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ނެރެފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close