އާދަޔާޚިލާފްސައިންސް

ކަޅު ކޮފީ އެއީ މޮޔައިން ބޯ އެއްޗެއް ކަމަށް ދިރާސާއަކުން ދައްކައިފި

ކަޅު ކޮފީ އަޅުގަނޑުމެންގެ ތެރޭގައި ޙާއްސަކޮށް ޒުވާނުންގެ ތެރޭގައި ވަރަށް މަޤުބޫލު ބުއިމެކެވެ. ކަޅު ކޮފީއެއް ބޮއެ ނުލާ ދުވަސް ފުރިހަމަ ނުވާ ކަމަށް ބުނާ މީހުން ވެސް އަޅުގަނޑުމެންގެ ތެރޭފައި އެބަ އުޅެވެ. އެހެން ނަމަވެސް އެޕަޓައިޓް ޖޯނަލްގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ކަޅުކޮފީ ބޯނީ އެކި ކަހަލަ ނަފުސާނީ މައްސަލަތައް ހުންނަ މީހުންނެވެ.

1000 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި އެމީހުންގެ ކެއުން ބުއިމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން އެމީހުންނަށް މަޤުބޫލް ރަހަތަކާއި ވައްތަރުތައް ބަލާ ސާވޭއެއް ކުރިއެވެ. އެއަށް ފަހު އެމީހުންގެ ޕާސަނަލިޓީ ބެލުމަށް ޓެސްޓްތަކެއް ހަދާ އެމީހުންގެ ނަފްސާނީ ހާލަތު ދެނެގަތެވެ. އެމީހުންގެ ކިބާގައި ހުންނަ އެކިކަހަލަ ނަފުސާނީ ގޮތުން ނޭދެވޭ ސިފަތައް ކަމުގައިވާ އެހެން މީހުންނަށް އަނިޔާކޮށްގެން ހިތްހަމަ ޖެހުން ހޯދަން ބޭނުންވުން، އަމިއްލަ ނަފުސަށް މާބޮޑަށް ތައުރީފުކުރުން ނުވަތަ ތިމާއަށް ތިމާ ފެނުން އަދި ސިކުނޑި ހަމަނުޖެހުން ފަދަ ކަންކަން ހުރި ނެތްވަރު ބެލިއެވެ.

އޮސްޓްރޭލިއާގެ އިންސްބްރަކް ޔުނިވަސިޓީގެ ޓީމަކުން ހެދި މި ދިރާސާއިން ދައްކާގޮތުގައި ކަޅު ކޮފީ ފަދަ ހިތި ރަހަ ގަދަ ބުއިންތައް ބޯ ހިތްވާ މީހުންނަކީ އެކި ކަހަލަ ނަފުސާނީ މައްސަލަތައް ހުންނަ މީހުންނެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި މީހުންނަށް އަނިޔާ ދޭ ހިތްވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހިތި ބުއިންތަކަށް ލޯބި ކުރާ މީހުންނެވެ.

މި ދިރާސާ ހެދި ޓީމުން ބުނި ގޮތުގައި އާދަޔާ ހިލާފަށް ހިތި ބުއިންތަކަށް ލޯބި ކުރުމަކީ އެމީހާގެ ކިބާގައި ހުންނަ ނަފުސާނީ މައްސަލައެއް ދެނެގަތުމަށް ރަނގަޅު ފާލަކަށް ވެސް ވެދާނެއެވެ.

އެމީހަކަށް ކަމުދާ ރަހައަކާ އެމީހެއްގެ ނަފުސާނީ ހާލަތާ ގުޅުން ހުންނަ މިންވަރު ބެލުމަށް މީގެ ކުރިން ވެސް މިކަހަލަ ދިރާސާތައް ހަދާފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ދިރާސާތައް ބުނާ ގޮތުން ފޮނި އެއްޗެހި ކަމުދާ މީހުންނަކީ މީހުންނާ ގުޅޭ އެހެން މީހުންނަށް އަބަދުވެސް އެހީވާ ހިތްވާ މީހުން ކަމުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
6 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
6 Comment authors
Hithi Raha?ރޯޒީBoluRodhiމޯޑުAinthu Recent comment authors
Hithi Raha?
Guest
Hithi Raha?

Kalhu coffee ga hithi Raha laatha?

ރޯޒީ
Guest
ރޯޒީ

މިއީ ކަނޑަ އެޅިގެން މަށާދިމާލަށް ކިޔާފައިވާ އެއްޗެއް މުނާޒް ގަނޑު ހަހަހަހަހަހަ އިޓުސް އޯކޭ ހަމަ ބޯނަން

BoluRodhi
Guest
BoluRodhi

Calling people with mental disablities “moyain”. Hats off to whoever wrote this article.

މޯޑު
Guest
މޯޑު

ތި ދިރާސާ ކުރަން އާދެބަލަ އަހަރުން ކައިރިއަށް އޭރުން ދިރާސާ ކުރާ މީހުންވެސް މޮޔަކޮށްލާނަން

Ainthu
Guest
Ainthu

Thi dhiraasaa kury moyaeh kamah beleveny

މައުމޫން
Guest
މައުމޫން

އެހެންވިއްޔާ އެނެމް ގިނައިން ތިޔަ ބޯނީ ރައީސް ޔާމީނު. ހަހަ

Close