ޙަބަރުކުޅިވަރު

ރޮނާލްޑޯ އާއި މެސީގެ ފޯރިގަދަ މެޗެއް ފިތުރު އީދު ދުވަހު ހަވީރު

އުނގޫފާރުގައި ތިބި ރޮނާލްޑޯގެ ފޭނުންނާއި މެސީގެ ފޭނުންނާއި ދެމެދު އެކުވެރިކަމުގެ މެޗެއްކުޅޭގޮތަށް ހަމަޖެހިއްޖެއެވެ. މިމެޗު ކުޅެވޭނީ ފިތުރު އީދު ދުވަހުގެ ހަވީރު އުނގޫފާރު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

ފިތުރު އީދުގެ މުނާސަބަތާއި ގުޅުވައިގެން ކުޅެވޭ މިމެޗުގައި ރޮނާލްޑޯ އަދި މެސީއަށް ތާއީދުކުރާ ގިނައަދަދެއްގެ ކުޅުންތެރިން ބައިވެރިވާނެއެވެ. މިމެޗު އިންތިޒާމް ކުރުމުގައި އިސްކޮށްއުޅުއްވާ މުހައްމަދު މަދުހޫނު އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ވަރަށްތަފާތު މެޗެއްކަމަށާއި މިމެޗުގެ ފޯރި ވަރަށްގަދަވާނެ ކަމަށެވެ.

މިފަދަ މެޗެއްކުޅުމެ ބޭނުމަކީ ޓެކްސް އަށް މަކަރުހެދި ކަމުގެތުހުމަތުގައި މެސީއަށް ޖަލުހުކުމެއް އިއްވާ އަދި ރޮނަލްޑޯގެ މައްޗަށް ދައުވާ ކުރަން ތައްޔާރުވަމުން ދާއިރު މިކަމާއި ގުޅިގެން ފޭނުންގެ މެދުގައިއޮތް ކަންބޮޑުވުމާއި ނުތަނަވަސްކަން ކުޑަކޮށް އެންޖޯއީ ކޮށްލުން ކަމަށެވެ. އަދި މިދެކުޅުންތެރިންގެ ފޭނުން އަބަދުވެސް އެކުޅުންތެރިންނާއެކު ތިބިކަން އެހެން ކުޅުންތެރިންގެ ފޭނުންނަށާއި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާމަކޮށްދިނުން ކަމަށެވެ.

ޓެކްސް އަށް މަކަރު ހެދުމުގެ ތުހުމަތުގައި މެސީގެ މަށްޗަށް 21 މަސްދުވަހުގެ ޖަލުހުކުމެއް އިއްވާފައިވާއިރު ސްޕެއިންގެ ޓެކްސް އިދާރާއިން އަންނަނީ ރޮނަލްޑޯގެ މަށްޗަށްވެސް 14.7 މިލިއަން ޔޫރޯގެ ޓެކްސް ފައިސާއަށް މަކަރުހެދިކަމުގެ ތުހުމަތު ކުރަމުންނެވެ. މިމައްސަލާގައި ޖުލައި 31 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް ރޮނާލްޑޯ އަށްވަނީ މިހާރު އަންގާފައެވެ.

ދުނިޔޭގެ އެންމެ މައްޝޫރު މިދެކުޅުންތެރިންގެ ސަޕޯޓަރުންގެ މެދުގައިވެސް ބޮޑު ވާދަވެރިކަމެއް އަބަދުވެސް އޮވެއެވެ. މައުލޫމާތު ލިބިފައިވާގޮތުން މިއީ މިފަދަ ގޮތަކަށް އިންތިޒާމު ކުރެވިގެން ކުޅެވޭ ފުރަތަމަ މެޗެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
Ibbehބަދަތްވެއް Recent comment authors
Ibbeh
Guest
Ibbeh

Varah ragalhu kameh maves messy

ބަދަތްވެއް
Guest
ބަދަތްވެއް

މަވެސް ރޮނާލްޑޯ

Close