އާދަޔާޚިލާފްސައިންސް

ދުބާއީގެ މަގުތައް ބަލަހައްޓަން ރޮބޮޓް ޕޮލިހުން

ދުނިޔޭގެ ގިނަ ޤައުމުތުތަކުގައި ކަރަޕްޝަނޭ މި ކިޔާ ވަބާގެ އެންމެ ބޮޑު އަމާޒަކަށް ވެފައި ވަނީ އެ ޤައުމުތަކުގެ ފުލުހުންގެ މުއައްސަސާއެވެ. ކުއްވެރިންގެ ހާލިތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް އެމީހުން ނެރުމުގެ ބުރަ މަސައްކަތް ކުރާ ބަޔަކީ ފުލުހުން ކަމުގައި ވާތީ ކުއްވެރިން އެމީހުންގެ ނުފޫޒުގެ ދަށަށް އެ މުއައްސަސާ ގެނައުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ. އެތަނަކަށް ކަރަޕްޝަން ވަދެ ނަޒާހަތްތެރިކަން ގެއްލުމުން އިންސާނުންނަށް ވުރެ ފުލުހުންގެ މުއައްސަސާތަކުގައި ބައިތިއްބުމަށް ރޮބޮޓް ފަދަ މެޝިން އެއްޗެއްސަށްވެސް މާ އިތުބާރު ކުރެވޭނެ ނޫން ތޯއެވެ؟

ދުބާއިގައި ވެގެން މިއުޅެނީ އެހެންނެއް ނޫނެވެ. ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އަންނަ ބަދަލުތައް ހުރިހާ ދާއިރާއަކުން ވެސް ފެންނަން ފެށީއެވެ. ދުބާއީގެ މަގުތައް ބަލަހައްޓަން ރޮބެޓް ފުލުހުންތަކެއް ބަހައްޓައިފިއެވެ. ފުލުހުންގެ ސިފަ ހުންނަ ގޮތައް ތައްޔާރުކޮށްފައި ހުންނަ މި ރޮބޮޓް ތަކަކީ ފައިގައި ފުރޮޅުލާފައި ހުންނަ ކަނޑައެޅޭ ވަކި ސަރަހައްދު ތަކެއްގައި ބަހައްޓާފައި ހުންނަ އެއްޗެހި ތަކެކެވެ. 5.4 ފޫޓް ދިގު 220 ޕައުންޑް ބަރު މި ރޮބޯޓް ތަކަކީ އޭގެ ލޮލުގައި ކެމެރާ ހަރުކޮށްފައި ހުންނަ ބޮޑެތި ޝޮޕިންމޯލް ފަދަ ތަންތަން މޮނިޓާރ ކުރަން ބަހައްޓާފައި ހުންނަ ރޮބޮޓް ތަކެވެ. މި ރޮބޮޓް ތަކުގެ މޭގައި ކުއްތައް ރިޕޯޓް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓަޗް ސްކްރީނެއްވެސް ހުރެއެވެ.

ދުބާއީން ބުނާ ގޮތުގައި އެ މީހުންގެ އަމާޒަކީ 2030 ވަނަ އަހަރު އެ ސިޓީގެ ފުލުހުންގެ 25 އިންސައްތަ އަކީ ރޮބޮޓުން ކަމުގައި ހެދުމެވެ. މި ރޮބޮޓް ތަކުގެ ލޮލުގައި ހުންނަ ކެމެރާއިން މީހުންގެ މޫނު ދެނެ ގަނެ ޑާޓާބޭސްތަކުގައި ރައްކާކުރެވިފައި ވާ ކުއްވެރިންގެ މޫނާ ކެމެރާތަކުން ދެނެ ގަންނަ މޫނުތަކާ އަޅާކިޔާ ކުއްވެރިން ހޯދައެވެ. އަދި ކެމެރާ ތަކުން ވީޑިއޯ ލައިވް ސްޓްރީމްކޮށް ފުލުހުންގެ ކޮމާންޑް ސެންޓަރުތަކަށް ފޮނުވައެވެ

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close