ޙަބަރުރ.އަތޮޅު

އުނގޫފާރު ސްކޫލްގެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިންޓަރ ހައުސް މަދަހަ މުބާރާތް ފެށިގެން ކުރިއަށް ދަނީ

އުނގޫފާރު ސްކޫލްގެ 1438 ވަނަ އަހަރުގެ ބެލެނިވެރިންނާއި ދަރިވަރުންގެ އިންޓަރ ހައުސް މަދަހަ މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ. މި މަދަހަ މުބާރާތް ފެށުނީ އިއްޔެ މެންދުރު ފަހު 13:00 ގައި އުނގޫފާރު ސްކޫލްގެ ރިހިމާލަމުގައެވެ.

މި މަދަހަ މުބާރާތް ކުރިއަށް ދަނީ އުނގޫފާރު ސްކޫލްގެ ދަރިވަރުންގެ 4 ހައުސް ވަކިން އަދި ބެލެނިވެރިންގެ 4 ހައުސް ވަކިންނެވެ. މި ގޮތުން ބެލެނިވެރިންގެ ތެރެއިން ވަނަތަކަށް ދާ ބައިވެރިންނާއި ހައުސްތައް އަދި ދަރިވަރުންގެ ތެރެއިން ވަނަތަކަށް ދާ ބައިވެރިންނާއި ހައުސްތައް ހޮވާނެއެވެ.

އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު މުޖުތަބާ މަޢުލޫމާތު ދެއްވި ގޮތުގައި މިފަހަރުގެ މުބާރާރުގައި 184 ދަރިވަރުން އަދި 98 ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މި މަދަހަ މުބާރާތުގެ ބައިވެރިން މަދަހަ ކިޔާ ނިމޭނީ މިރޭއެވެ. މި މަދަހަ މުބާރާތަކީ އުނގޫފާރު ސްކޫލުން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަން މުބާރާތެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close