ދުނިޔެ

ތުރުކީގައި ސާނަވީ މަދަރުސާގެ ދަރިވަރުންނަށް ޑާވިންގެ އިވޮލިއުޝަން ތިއަރީ ކިޔަވައިދިނުން ހުއްޓާލަނީ

18 ވަނަ ޤަރުނުގެ ސައިންސްވެރިއެއް ކަމުގައިވާ ޗާލްސް ޑާވިންގެ އިވޮލިއުޝަން ތިއަރީ ތުރުކީގެ ސާނަވީ މަދަރުސާގެ ކުދިންނަށް ކިޔަވައިދިނުން ހުއްޓާލަން އެ ޤައުމުން ނިންމައިފިއެވެ.

ތުރުކީން މިހާރު ވަނީ އެ ޤައުމުގައި މިމަހު ފަހު ކޮޅު އަމަލު ކުރަން ފަށާ އެ ޤައުމުގެ ޤައުމީ މުޤައްރަރުގެ ސާނަވީ މަދަރުސާގެ ކުދިންގެ ބައިން އިވޮލިއުޝަން ތިއަރީ އެއްކޮށް އުނިކުރަން ނިންމާފައެވެ. އާ މުޤަރަރަށް މި އިސްލާހު މިގޮތަށް ހުށައެޅުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޤާން މިހާރު ވަނީ ހުއްދަދެއްވާފައެވެ.

ތުރުކީގެ އެޑިއުކޭޝަން މިނިސްޓްރީގެ މުޤައްރަރުތަކާ ބެހޭ ބޯޑާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 2019 އިން ފެށިގެން ޑާވިންގެ ތިއަރީ އެޤައުމުގެ ސާނަވީ ކުދިންނަށް ކިޔަވާދޭ ބައޮލޮޖީ މާއްދާއިން އުނިކުރާނެއެވެ.

ތުރުކީގެ ހުއްރިއްޔަތު ޑެއިލީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ ޤައުމުގައި އިވޮލިއުޝަން ތިއަރީ އެއްކޮށް ކިޔަވައިދިނުން ހުއްޓާލަނީ ނޫން ކަމަށާއި ނަމަވެސް ސާނަވީ ގްރޭޑްގެ ކުދިންނަށް އެ ތިއަރީ ކިޔަވައިދިނުމުން އޮޅުންތަކެއް އަރާ ކަމަށާއި އެ އެ ގްރޭޑްތަކަށް އެ ތިއަރީ ދެނެގަންނަން އުނދަގޫވާތީ އަންޑަރ ގްރެޖްއޭޓް ކޯސްތައް ހަދާ ކުދިންނަށް އިވޮލިއުޝަން ތިއޮރީ ކިޔަވައިދޭ ގޮތަށް ބަދަލު ކުރީ ކަމަށެވެ. ތުރުކީގެ އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ އެގައުމުގެ ޕްރައިމެރީ ގްރޭޑްގެ ކުދިންނަށް ވެސް ކޮންމެސް ވަރަކަށް އިވޮލިއުޝަން ތިއޮރީ އެއީ ކޯޗެއްކަން ބުނެދޭނެ ކަމަށެވެ.

ޑާވިންގެ އިވޮލިއުޝަން ތިއަރީ އަކީ ކަލަކު ނުވާ ކަމަށް ދަޢުވާ ކުރާ އެތީސްޓުން ހުއްޖަތެއްގެ ގޮތުގައި ދެއްކުމަށް ވަރަށް ގިނައިން ބޭނުން ކުރާ ތައަރީއެކެވެ. މި ތިއަރީއާ ހަވާލާދީ އެބައި މީހުން ދިރޭތަކެތި ކަލަކު ނެތި އަމިއްލަޔަށް ހެދިގަތީ ކަމަށް ބުނަމުންދެއެވެ. އެހެން ނަމަވެސް މި ދަޢުވާއަކީ ބާތިލް ދަޢުވާ އެއްކަން މުސްލިމް ޢިލްވެރިން ޢިލްމީ އަދި ބުއްދީގެ ހެކިތަކާ އެކު އަންނަނީ ސާބިތުކޮށްދެމުންނެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close