ކުޅިވަރު

“ޔަމަހާ އުފާ މަސްރޭސް 1438” ގައި ބައިވެރިވީ 8 ޓީމް

އުނގޫފާރު ފޯސްޓަރިންގް އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން މި ފިޠުރު ޢީދު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔަމަހާ އުފާ މަސްރޭހުގައި 8 ޓީމަކުން ބައިވެރިވެއްޖެއެވެ.

ޔަމަހާ އުފާ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު 23 ޖޫން 2017 ވީ ހުކުރު ދުވަހުގެ ނިޔަލަށް ހަމަވި އިރު މި މުބާރާތުގައި ބައިވެރިވެދައިވާ ޓީމްތަކަކީ އުފަން ޓީމް، ޓީމް އެމްއާރްޑީސީ، ޓީމް ކަވާއީ، ޓީމް ވެސްޓްބީޗް، ކަނޑުރޯދި، ޓީމް ކެރީމީ، ރަވަ ޓީމް އަދި ރޮދި އެވެ. މި ޓީމްތަކުގެ މާ ކެޔޮޅުންނަކީ:

އުފަން ޓީމް- އިބްރާހީމް ހަލީމް، އައިރިސް، ރ.އުނގޫފާރު

ޓީމް އެމްއާރްޑީސީ – އަޙްމަދު ރަޝާދު، އޯކިޑްވިލާ، ރ.އުނގޫފާރު

ޓީމް ކަވާއީ – އަޙްމަދު މާހިރު، ޖަވާހިރު ވާދީ، ރ.އުނގޫފާރު

ޓީމް ވެސްޓްބީޗް – އަޙްމަދު ހަލީމް، ދީފްރަމް، ރ.އުނގޫފާރު

ކަނޑުރޯދި – އަދުނާން އާދަމް، ރިވެލި، ރ.އުނގޫފާރު

ޓީމް ކެރީމީ – އަލީ އައިމަން، ގުލްހަޒާރުގެ، ރ.އުނގޫފާރު

ރަވަ ޓީމް – އަލީ އިފްނާދް، ކަނޭޝަން އިމޭޖް، ރ.ކަނދޮޅުދޫ

ރޮދި – މުޙައްމަދު ނަދީމް، ގްރަސެސް، ރ.އުނގޫފާރު

މި ޓީމް ތަކަށް ބަލާއިރު ވޭތުވެ ދިޔަ 2 އަހަރުގެ މަސްރޭސް މުބާރާތުގެ ޗެންޕިއަންކަން ހޯދި 2 ޓީމް މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. މި ދިޔަ އަހަރުގެ މަސްރޭސް މުބާރާތުގެ ޗެންޕިއަންކަން ހޯދީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރިކްރިއޭޝަން ކުލަބެވެ. އޭގެ ކުރީ އަހަރުގެ ޗެންޕިއަން ޓީމަކީ ޓީމް ސިރާނީއެވެ.

މި މުބާރާތުގެ މާ ކެޔޮޅުންނާ އެކީ އުފާއިން ބާއްވާ ބައްދަލުވުމެއް މިރޭ 10:00 ގައި ވެސްޓް ބީޗް ރެސްޓޯރެންޓްގައި އޮންނާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close