ޓެކުނޮލޮޖީ

އަހަރަކު އެންމެ 4 ފަހަރު ފޯނުގެ ބެޓެރި ޗާޖު ކުރަން ޖެހޭ ޓެކްނޮލޮޖީއެއް އުފައްދަނީ

ދިރިއުޅުމުގެ ބޮޑުބައި ސްމާޓް ފޯނަށް ބަރޯސާ ވެފައި އޮންނަ މި ޒަމާނުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އަބަދު ފޯނު ޗާޖް ކުރަން ޖެހުމެވެ. ޙާއްސަކޮށް ގިނަ ވަގުތު ސޯސަލް މީޑިއާގައި ހޭދަކުރާ ބޭފުޅުންނަށް ފޯނުގެ ބެޓެރި ޗާޖު ދާތީ މިކަން ވެފައި ވަނީ ބޮޑު ތަކްލީފަކަށެވެ. މި ތަކުލީފުތަކަށް ނިމުން އަންނަ ދުވަސް ވަރަށް ގާތް ވެއްޖެއެވެ. އަހަރަކު އެންމެ 4 ފަހަރަށް ޗާޖްކުރަން ޖެހޭ ބެޓެރިއެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ފަށައިފިއެވެ.

ޔުނިވާސިޓީ އޮފް މިޝިގަން އަދި ކޯނެލް ޔުނިވާސިޓީގެ ސައިންސް ވެރިން ބެޓެރި އުފެއްދުމުގައި މިހާރު ބޭނުން ކުރާ ކެމިކަލް އަށް ވުރެ 100 ގުނަ އެފިޝިއެންޓް ކެމިކަލް އެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ “މެގްނެޓޯއިލެޖްޓްރިކް މަލްޓިފެރޮއިކް” ކިޔާ ކެމިކަލްއެކެވެ. މީގެ ސަބަބުން މޯބައިލް ފޯނަށް ބެޓެރީގެ ޕަވަރ ބޭނުން ވާނީ މިހާރު ބޭނުންވާ ވަރަށް ވުރެ 100 ގުނަ ކުޑަކޮށެވެ.

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ބެޓެރި މާކެޓަށް ނެރެވޭނެ ކަމަށް ސައިންވެރިން ބުނަނީ 2030 ވަނަ އަހަރުއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close