ކުޑަކުދިން

ރުބިކްސް ކިއުބް 45 ސިކުންތުން ހައްލުކުރާ އުނގޫފާރު ސްކޫލްގެ ދަރިވަރެއް

ރުބިކްސް ކިއުބަކީ 1974 ވަނަ އަހަރު ހަންގެރިއާގެ އާކިޓެކްޗާރ ޕްރޮފެސަރެއް ކަމުގައުވާ އެރނޯ ރުބިކް އުފެއްދި 3ޑީ ޕަޒްލް އެކެވެ. ރުބިކް ކިއުބު ހައްލު ކުރުމަކީ ތޫނު ފިލިކަން ބޭނުންވާ ތަފާތު ހުނަރެކެވެ. ރުބިކްސް ކިއުބު ހައްލުކުރުމުގެ ވާދަ ވެރިކަން މީހުންގެ މެދުގައި އުފެދި ރުބިކް ކިއުބް ހައްލު ކުރުމުން އެތައް ބަޔަކު ދުނިޔޭގެ ރިކޯޑް ފޮތުން ވެސް ޖާގަ ހޯދިއެވެ.

ރުބިކްސް ކިއުބު ވަރަށް އަވަހަށް ހައްލުކޮށްލާ ކުދިން ރާއްޖޭގައިވެސް އުޅެއެވެ. އެ ގޮތުން އުނގޫފާރު ސްކޫލްގެ ގްރޭޑް 8 ގެ ދަރިވަރު، އުމުރުން 14 އަހަރުގެ އަޙްމަދު ގިލްމަން ވަނީ ރުބިކްސް ކިއުބް 45 ސިކުންތުން ހައްލުކޮށްފައެވެ. ގިލްމަން ބުނި ގޮތުގައި އޭނާ އަށް އެންމެ އަވަހަށް ރުބިކް ކިއުބް ހައްލު ކުރެވުނީ 33 ސިކުންތުންނެވެ.

ރުބިކް ކިއުބް ހައްލުކުރުމުގެ ދުނިޔޭގެ ރިކޯޑް ފޮތުން ފުރަތަމަ ޖާގަ ހޯދީ 1982 ވަނަ އަހަރުއެވެ. އެފަހަރު ގެ ރިކޯޑަކީ 22.95 ސިކުންތެވެ. އޭގެ ފަހުން މި އަދަދު ދައްވަމުން އައިސް 2015 ވަނަ އަހަރު އިންޑޮނޭސިއާގެ އުމުރުން 20 އަހަރުގެ މެޓްސް ވޮކް ވަނީ ރުބިކް ކިއުބު އެންމެ 4.9 ސިކުންތުން ހައްލުކޮށްފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
3 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
MaadhihMaadhihކަތްދަ Recent comment authors
Maadhih
Guest
Maadhih

ކިހިނެށް 🤔

Maadhih
Guest
Maadhih

Wow 😱

ކަތްދަ
Guest
ކަތްދަ

ގަދަ މާޝާﷲ

Close