ޙަބަރުރ.އަތޮޅުސައިންސް

ކުޑައިރު މަދުން ނިދާ ނަމަ އަވަހަށް މުސްކުޅިވޭ – ދިރާސާ

ކުޑަކުދިން މަދުވެގެން ދުވާލަކު 9 ގަޑި އިރާއި 11 ގަޑިރާ ދެމެދުގެ މުއްދަތަކަށް ނިދުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އެ މިންވަރަށް ކުދިންނަށް ނިދި ނުލިބޭ ނަމަ ސެލްތައް އަވަހަށް މުސްކުޅިވާނެ ކަމަށް ޕްރިންސެޓަން ޔުނިވާސިޓީގެ ސައިންސްވެރިން ހެދި ދިރާސާ އަކުން ދައްކައިފިއެވެ.

އިންސާނުންގެ ޑީއެންއޭގައި “ޓިލަމިއާ” ކިޔާ ބައެއް ހިމެނެއެވެ. ހަށިގަނޑުގެ ސެލްތައް މުސްކުޅިވުމާ ގުޅިފައި ވަނީ މި ބައެވެ. ހަށިގަނޑުގެ ސެލްތަކުން އާ ސެލް އުފެދުނު ވަރަކަށް ޓެލަމިއާ ކުރުވަމުން ދެއެވެ. އެހެން ގޮސް ވަކިވަރަކަށް ކުރުވުމުން އާ ސެލްތައް އުފެދުން ހުއްޓި ހަށިގަނޑު މުސްކުޅިވާން ފަށައެވެ.

 މި ދިރާސާގައި ބެލީ ނިދި މަދުވުމުން ޓެލެމިއާ އަށް އަންނަ ބަދަލުތަކަށެވެ. އުމުރުން 9 އަހަރުގެ 1567 ކުޑަކުދިން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން ދެއްކި ގޮތުގައި މަދުން ނިދާ ކުދިންގެ ޓިލަމިއާ ނިދި މަދުވާ ކޮންމެ ގަޑިއިރަކަށް 1.5 އިންސައްތަ ކުރުވެއެވެ. މިކަމުގެ ސަބަބުން އެކުދިން ބޮޑެތިވުމުން އަވަހަށް މުސްކުޅިވުމާއި ސިއްޙީ އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މި ދިރާސާ ހެދި ސައިންސްވެރިން ބުންޏެވެ.

ޓިލަމިއާ ކުރުވުމަކީ ކެންސަރާއި، ހިތުގެ ބަލިތަކާއި ވިސްނުން ކޮށިވުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަން ކުރީގެ ހޯދުން ތަކުން ވަނީ އެނގިފައެވެ. މި ދިރާސާގައި ބައިވެރިވި ކުދިންގެ ކިބައިން ސިއްޙީ ބޮޑު މައްސަލައެއް ފާހަގަ ނުވި ނަމަވެސް އެ ކުދިން ބޮޑުވުމުން ސިއްޙަތައް އަންނަ ބަދަލުތައް ބެލުމަށް ދިގުދެމިގެންދާ ދިރާސާއެއް ކުރުމަށް މި ދިރާސާ ހެދި ސައިންސްވެރިން ވަނީ ނިންމާފައެވެ.

މި ދިރާސާ ޝާއިރުކޮށްފައި ވަނީ ޖޯނަލް އޮފް ޕިޑިއަޓްރިކްސް ގައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close