ކޮވިޑް-19

ރިޕޯޓް

ބެސްޓް ފެމިލީ ވައިބާ ގުރޫޕުން ރަމަޟާން މަހު ހިންގި ދީނީ ކުއިޒް، ނަމޫނާ ޢާއިލާއެއް!

ރ.އުނގޫފާރު ދިލްބަހާރުގޭ އާއިލާގެ ފަރާތުން އެ ޢާއިލާގެ މެންބަރުންނާ އެކު ހަދާފައިވާ ވައިބާ ގުރޫޕް “ބެސްޓް ފެމިލީ” އިން ކާމިޔާބު ކަމާއެކު ދީނީ ސުވާލު މުބާރާތެއް ނިންމާލި މީ 2 ވަނަ އަހަރެވެ. މި މުބާރާތުން މި ވައިބާ ގުރޫޕުގެ ނަމާ އެއްފަދައިން މި ޢާއިލާގެ “ބެސްޓް” ކަން މި ފަދަ ކަމެއްގައި ޢާއިލާ އަކުން އިސްނަގައިގެން ކުރި މަސައްކަތުން ފެނިގެން ހިނގައްޖެއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައި ސުވާލެއް ނުވަތަ ބައެއް ދުވަސް ދުވަހު 2 ސުވާލު ކުރާގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭ ކުރިއަށް ގެންދިޔަ އިރު މިފަދަ ކަމެއްގައި ޢާއިލާ ތެރެއަށް ގެނެސްދޭ އުފާވެރިކަން ވަރަށް ރަނަގަޅަށް ފެނިގެން ދިޔައެވެ.

މި އަހަރުގެ މުބާރާތުގެ ވަނަތަކަށް އައި ފަރާތަކަށް ރޭ 8:30 ގައި ކުރިއަށް ދިޔަ ހަފުލާގައި ވަނީ އިނާމު ހަވާލުކޮށްފައެވެ. މި އަހަރުގެ މުބާރާތުގެ 1 ވަނަ އަށް ހޮވުނީ ފާޠިމަތު ރިޒާ، ދިލްބަހާރުގެ ރ.އުނގޫފާރެވެ. 2 ވަނައަށް ގޮސްފައި ވަނީ މިދިޔަ އަހަރުވެސް މި މުބާރާތުގެ 2 ވަނަ ހާސިލްކޮށްފައިވާ ޝަޒިއްޔާ ޝައީދު، އަމަން ރ.އުނގޫފާރެވެ. އަދި 3 ވަނައަށް ގޮސްފައި ވަނީ އިނާޔާ ސައީދު، އަމަން، ރ.އުނގޫފާރެވެ. މި މުބާރާތުގެ އިނާމް ދިނުގެ ހަފުލާގެ ޝަރަފުވެރި މެހެމާނަކީ ވެސް ޢާއިލާގެ މެންބަރެއް ކަމުގައިވާ މުޙައްމަދު ސައީދު، ވިނަރެސް ރ.އުނގޫފާރެވެ.

މި ކުއިޒް ފެށިގެން އައި ގޮތާމެދު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ޙިއްސާކުރަމުން ޢާއިލާގެ ފަރާތުން އަޙްމަދު ޝާކިރު ބުނި ގޮތުގައި 2016 ވަނަ އަހަރު ފެށުނު މި ކުއިޒްގެ މޭސްތިރިއަކީ ފާޠިމަތު ރިޒާ، ދިލްބަހާރުގެ ރ.އުނގޫފާރެވެ.

“ފާތުން ކުރި މަސައްކަތުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ ރަމަޟާން މަހަކީ މުސްލިމުން އެކުވެރިވުމުގެ މަސްކަން. ޙާއްސަކޮށް މިފަދަ ކަމެއް ކުރުމަށް އެންމެ ރަނގަޅު މަސްކަން. ދެން އަޅުގަނޑުމެން ނިންމީ އެންމެ ކުއްޖަކު މިކަން ކުރުމުގެ ބަދަލުގައި ޢާއިލާއިން ގުޅިގެން އެންމެން އެއްބާރުލުން ދީގެން މިކަން ކުރިއަށް ގެންދަން. މިފަދަ ކަމެއްގައި އިސްނަގައި ނަމޫނާ ފެމިލީއަކަށް ވާން ބޭނުންވާތީ ބެސްޓް ފެމިލީ ނަމުގަ ވައިބާ ގުރޫޕެއް ހަދާ އެ ގުރޫޕުގެ ތެރެއިން މިކަން ފެށިގެން އައީ” ޝާކިރު ބުންޏެވެ.

ޝާކިރު ބުނި ގޮތުގައި މިއަހަރުގެ މުބާރާތް އިސްވެ ކުރިއަށް ގެންދިޔައީ އޭނާއެވެ. މި ފަހަރުގެ މުބާރާތުގައި ބޮޑަށް ބަލާފައި ވަނީ ޢާއިލާ ތެރޭ ދީނީ ހޭލުން ތެރިކަން އިތުރުކުރުމާއި އެންމެންގެ މަޤުބޫލުކަން ލިބޭ ކަމެއް ކަމުގައި މިކަން ކުރިއަށް ގެންދިއުން ކަމުގައި ޝާކިރު ފާހަގަކުރިއެވެ.

ޝާކިރު އިތުރަށް ބުނި ގޮތުގައި މިފަދަ ކަމެއް ޢާއިލާއެއް އިސްނަގައިގެން ކުރިއަށް ގެންދިއުމަކީ ޢާއިލާގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެންދާނެ ކަމަކެވެ. އަދި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އުނގޫފާރުގެ އެހެން ޢާއިލާތަކުން ވެސް މިފަދަ ކަންކަން ނަމޫނާއަކަށް ބަލައިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ދުވަހެކެވެ.

“ޢާއިލާއިން ގެންދާ މިފަދަ ކަން ކަމަކީ އެއްބައިވަންތަކަން ޤާއިމް ކުރެވޭ ކަމެއް. ހުރިހާ އާއިލާތަކުން ވެސް މިކަހަލަ ކަން ކަމުގައި އެހީތެރިކަން ދީގެން އެކަތިގަނޑަކަށް ވާން މަސައްކަތް ކުރުމަކީ މިކަހަލަ ދުވަސްވަރެއްގައި ވަރަށް ރަނގަޅުކަމެއް ކަމުގައި އަޅުގަނޑު ދެކެނީ. އެހެންވީމަ މިގޮތުން ދީނީ ކަންތައްތަކަށް އިސްކަން ނުދީ އަޅުގަނޑުމެން ކޮން ކަމަކަށްތޯ އިސްކަން ދޭނީ؟ ކުޅިވަރަކަށް ވުރެ ވެސް މާ ރަނގަޅެއް ނުންތޯ މިކަހަލަ ކަމަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައިފިއްޔާ؟” ޝާކިރު ބުންޏެވެ.

ކުޑަކުދިންނަށް އުފާވެރި ޚަބަރެއް!

އުނގޫފާރު.ކޮމް އަށް ދިން އިންޓަވިއުގައި އެ ޢާއިލާއިން އަންނަ އަހަރު ފިޠުރު ޢީދު ދުވަހު ކުރިއަށް ގެންދަން ރާވާފައިވާ އިވެންޓެއް ވެސް އިއުލާން ކުރިއެވެ. އެއީ ކޮންމެ ކުއްޖަކަށް ވެސް މަދަހައެއް ކިޔައިގެން ނުވަތަ ކީރިތި ޤުރުއާން ކިޔަވައިގެން ވަގުތުން އިނާމު ލިބޭ ގޮތަށް ކުރިއަށް ގެންދާ އިވެންޓެކެވެ. މި އިވެންޓްގައި 1 ވަނަ 2 ވަނަ ނުހޮވާ ކޮންމެ ކުއްޖަކުވެސް ކެރިގެން ކުރިމަތިލާ މަދަހައެއް ނުވަތަ ޤުރުއާނުގެ އާޔަތެއް ކިޔަވައިގެން އިނާމެއް ޙާސިލް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
އަހްމަދުރިޒާން Recent comment authors
އަހްމަދު
Guest
އަހްމަދު

ރަނގަޅު ކަމެއް

ރިޒާން
Guest
ރިޒާން

ވަރަށް އުފާވެވުނު މި ލިޔުން ކިޔާލާފަ. ތީހަމަ ވަރަށް ސަޅިކަމެއް އިސްނަގައިގެން ކޮށްލަން. މަރުހަބާ ފާތުން.

Close