ޙަބަރުރ.އަތޮޅު

ތާނިޔާ ސެލޫންގެ ފަރާތުން ދުވާފަރުގައި ބިއުޓީ ތިރަޕީ އަދި މަސާޖު ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ މަޝްހޫރު ބިއުޓީ ސެލޫން، ތާނިޔާ ސެލޫންގެ ފާރާތުން ރ.ދުވާފަރުގައި ބިއުޓީ ތިރަޕީ އަދި މަސާޖާ ބެހޭ މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ތާނިޔާ ސެލޫންގެ ފަރާތުން “އުނގޫފާރު.ކޮމް” އަށް މަޢުލޫމާތު ދިންގޮތުގައި ވޯކްޝޮޕާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރޭ ރ.ދުވާފަރު ކައުންސިލް އިދާރާގައި އޮންނާނެއެވެ. 18 އަހަރުން މަތީގެ ހުރިހާ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދުވާފަރުގައި ފެށުމަށް ހަމަޖެހިފައިވާ ބިއުޓީ ތިރަޕީ އަދި މަސާޖު ދަސްކޮށްދޭ ވޯކްޝޮޕް ކުރިއަށް ދާނެ ގޮތުގެ މަޢުލޫމާތު ބައިވެރިންނާ ހިއްސާ ކުރާނެ ކަމަށް ތާނިޔާ ސެލޫނުން މަޢުލޫމާތު ދެއެވެ.

ތާނިޔާ ސެލޫންގެ ސީއިއޯ ރޯޒީ ޝަރީފް އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ވޯކްޝޮޕަށް ދުވާފަރުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިއީ ހަމައެކަނި އަންހެން ބޭފުޅުންނަށް ބައިވެރިވެވޭ ވޯކްޝޮޕެކެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރޯޒީ ފާހަގަ ކުރެއްވި ގޮތުގައި ދުވާފަރުގައި މި ވޯކްޝޮޕް ބޭއްވުމަށް ދުވާފަރު ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ. އެ ގޮތުން ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު، ނައިބް ރައީސް ހައްވާ ޝަމީލާ އަދި ކައުންސިލް މެންބަރ ޒުހުރާ އަބްދުﷲގެ ނަން ރޯޒީ ފާހަގަކުރައްވާ އެފަރާތްތަކަށް ޙާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

ތާނިޔާ ސެލޫންގެ ފަރާތުން އުނގޫފާރުގައި ވެސް ވަނީ ބިއުޓީ ތިރަޕީ ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވާފައެވެ. ރޯޒީ މަޢުލޫމާތު ދެއްވި ގޮތުގައި އުނގޫފާރުގައި ބޭއްވި ވޯކްޝޮޕް 4 ބައިވެރިޔަކު ފުރިހަމަކޮށްފައި ވާ ކަމަށާއި އެ ފަރާތްތަކަށް ސެޓްފިކެޓް ދިނުން އޮންނާނީ ދުވާފަރުގައި ކުރިއަށްދާ ވޯކްޝޮޕް ފުރިހަމަ ކުރާ ބައިވެރިންނާ އެކުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close