ޙަބަރުރ.އަތޮޅު

އެމްއެންޔޫގެ ޓީޗިން ޕްރަކްޓިކަމް ދަރިވަރުން އުނގޫފާރަށް އަތުވެއްޖެ

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީޗިން ކޯހުގެ ތަމްރީނުތައް ފުރިހަމަ ކުރުމަށް އެކި ސްކޫލްތަކަށް ފޮނުވާ ދަރިވަރުންގެ ތެރެއިން އުނގޫފާރު ސްކޫލަށް ފޮނުވާ ދަރިވަރުން އިއްޔެ އުނގޫފާރަށް އަތުވެއްޖެއެވެ.

މި ދަރިވަރުން އުނގޫފާރު ބަނދަރަށް ލެފުމުން އުނގޫފާރު ސްކޫލްގެ ފަރާތުން ވަނީ އެ ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

MNU teaching practicum 2
އެމްއެންޔޫގެ ޓީޗިން ޕްރަކްޓިކަމް ދަރިވަރުންނަށް އުނގޫފާރު ސްކޫލުން މަރުހަބާ ކިޔަނީ – ފޮޓޯ: އުނގޫފާރު ސްކޫލް

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދަރިވަރުން އުނގޫފާރު ސްކޫލްގައި 3 ހަފުތާގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ. އުނގޫފާރު ސްކޫލްގެ އިތުރުން މި އަތޮޅުގެ އިތުރު 2 ސްކޫލަކަށް އެމްއެންޔޫގެ ޖެނުއަރީ ބެޗުގެ ދަރިވަރުން ފޮނުވާފައިވެއެވެ. އެއީ ރ.އަލިފުށީ ސްކޫލް އަދި ރ.އަތޮޅު އެޑިކޭޝަން ސެންޓަރެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ސެކަންޑަރީ އަދި ޕްރައިމެރީ ޓީޗިން ހަދާ ދަރިވަރުން ތަމްރީނު ހޯދުމަށް ކޮންމެ އަހަރަކު ވެސް މާލެއާއި އަތޮޅު ތަކުގެ ސްކޫލްތަކަށް ފޮނުވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close