ޙަބަރުރ.އަތޮޅު

އަނަސްގެ ޤާތިލުން ވީ އެންމެ އަވަހަކަށް ހޯދައިދީ އާއިލާއަށް އިންސާފު ހޯދައިދީ – ރ.މަޑުވަރީ ކައުންސިލް

ހުސްވި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރގެ ގަރާޖުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ ޤާތިލުން ވީ އެންމެ އަވަހަކަށް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ދިވެހި ސަރުކާރަށް ގޮވާލާ ރ.މަޑުއްވަރީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ.

މަޑުވައްރީ ކައުންސިލްގެ ބަޔާނުގައި އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައިވެއެވެ. މަޑުވަރީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިފަދަ ނޭއްގާނީ ޢަމަލުތަކަކީ ތަރައްޤީވަމުން އަންނަ އަދި ކުރިއަށް ވިސްނާ މުޖުތަމަޢު ތަކުން ފެނިގެންވާނެ ފަދަ ޢަމަލުތަކެއް ނޫނެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢަހުމަދު ސޮއެކުރައްވާ ނެރެފައިވާ މި ބަޔާނުގައި މަރްޙޫމް އަނަސް އަކީ ރ.އަތޮލޫ ރައްޔިތުންގެ ޚިދުމަތުގައި އަވަދިނެތި އުޅެމުން ދިޔަ ހީވާގި ޒުވާނެއް ކަން ފާހަގަކޮށްފައިވެއެވެ. އަދި އަނަސް އަކީ މިގޮތަށް އަނިޔާވެރި ގޮތަކަށް މަރާލެވުނު ރ.އަތޮޅު ދެވަނަ ދެވަނަ ދަރިކަމަށާއި 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ.އަފުރާޝިމް ޢަލީ އަށް ވެސް އަދި އަދަށް ދާންދެން އިންސާފު ނުލިބި ވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

“ހީވާގި ކެޕްޓަން ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް މަރާލެވިފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި މުޙައްމަދު އަނަސްގެ ޢާއިލާއަށާއި ރ.މީދޫގެ ރައްޔިތުންނަށް ލިބިފައިވާ މިފުން ހިތާމާގައި މި ކައުންސިލާއި މަޑުއްވަރީގެ ރައްޔިތުން ބައިވެރިވަމެވެ. އަޅުގަނޑުމެން އެދެނީ މާތް ﷲ މަރްޙޫމް މުޙައްމަދު އަނަސްގެ ފުރާނެއަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމެވެ.” މަޑުއްވަރީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close