ޚަބަރުރ.އަތޮޅު

އުނގޫފާރުގައި ބޯފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

އުނގޫފާރުގައި ބޯފެނުގެ ނިޒާމް ޤާއިމް ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢު މިއަދު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.

އުނގޫފާރުގައި ސާފު ބޯފެން ޤާއިމް ކުރިއަށް ގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއެކުރެއްވީ މިއަދު ހެނދުނު މިނިސްޓްރީ އޮފް އެންވާރަމެންޓް އެންޑް އެނާޖީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސް ވުމުގައި މިންސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ތާރިގް އިބްރާހިމްއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަހީލް ޖަލީލެވެ.

ދިވެހި ސަރުކާރުގެ އިތުރުން އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން ފަންޑްކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަށް ގާތްގަނޑަކަށް 42 މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އުނގޫފާރުގެ ގޭބީސީތަކަށާއި ހުރިހާ މުއައްސަސާތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 6،200 މީޓަރުގެ ފެން ހޮޅި ވަޅުލެވޭނެ ކަމަށް އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖުލީހުގެ މެމްބަރ ޖައުފަރު ދާވޫދު މަޢުލޫމާތު ދެއްވައެވެ.

ޖައުފަރު ކޮށްފައިވާ ފޭސްބްކް ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން އުނގޫފާރުގައި 2 ރީވާސް އޮސްމޮސިސް ޕްލާންޓާއި 500 ޓަނުގެ ފެންރައްކާ ކުރެވޭ 2 ސްޓޯރޭޖް ޓޭންކް ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއޫ ނިންމާ ގިތަށް ހަމަޖެހިފައި ވަނީ 16 މަސްދުވަހުގެ ތެރޭގައެވެ.

އުނގޫފާރުގެ އިތުރުން ށ.މިލަންދޫގައި ބޯފެން ޤާއިމްކުރުމުގެ މަޝްރޫގައި މިއަދު އެމްޑަބްލިއުއެސްސީއާ އެކު އެންވާރަމެންޓް މިނިސްޓްރީން ވަނީ ސޮއެކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close