ޙަބަރުރ.އަތޮޅު

ޢީދު ކުޅިވަރު 1438 – މެންދުރު ފަހު އޮންނާނީ ބިލެތް އެޅުން

އުނގޫފާރުގައި ކުރިއަށްދާ 1438 ވަނަ އަހަރުގެ ޢީދު ހަރަކާތްތަކުގެ ތެރެއިން މިއަދު މެންދުރު ފަހު އޮންނާނީ ފިރިހެންވެރިންގެ ބިލެތް އެޅުމެވެ. މި ޙަރަކާތް ކުރިއަށް ދާނީ މެންދުރު ފަހު 13:30 ން 15:00 އަށެވެ.

ބިލެތް އެޅުން ކުރިއަށްދާ ގޮތް
ބިލެތް އެޅުމަކީ ޒަމާނުއްސުރެ ޢަޟްޙާ ޢީދުގެ މުނާސަބަތުގައި އުނގޫފާރުގައި ބާއްވަމުން އަންނަ ސަޤާފީ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ޢީދު ދުވަހު ކުރިއަށް ގެންދާ އެކި ކުޅިވަރުތަކަށް ފައިސާ ހޯދުމެވެ.

ފިރިހެން ވެރިން ބިލެތް އަޅާ އިރު ބޮޑުބެރާއި ނެށުމުގެ އެކި ސަޤާފީ ހަރަކާތްތަކާ އެކު ރަށުގެ އެކި މަގުތަކުގައި ހިނގަމުން އެކި ގޭގެއަށް ވަންނަމުން ދާނެއެވެ. މި ގޮތަށް ވަންނަ އިރު މީރުކޮށް ތައްޔާރުކޮށްފައިވާ ބިލެތް ގަނޑުތައް ގެންދާނެއެވެ.

ކޮންމެ ގެއަކަށް ވަނުމަށް ފަހު ވެސް އެގޭގެ އަންހެން ވެރިންނަށް ބިލެތް ގަނޑެއް ވެދުމަށް އަރުވާނެއެވެ. އަންހެން ވެރިން މި ބިލެތް ގަނޑުގައި ހިފުމަށްފަހު ބިލެތް ހިފައިގެން އަންނަ ގުރޫޕަށް އެއަށްވީ ފައިސާ ހަވާލުކުރާނެއެވެ.

ފިރިހެންވެރިންގެ އިތުރުން އަންހެން ވެރިންގެ ބިލެތް އެޅުން ވެސް އުނގޫފާރުގައި ކުރިއަށްދެއެވެ. އަންހެންވެރިންގެ ބިލެތް އެޅުމުގައި އަންހެން ވެރިން ބިލެތް ހިފައިގެން ގޮސް ބިލެތްގަނޑު ހަވާލު ކުރަނީ ގޭގޭގެ ފިރިހެން ވެރިންނަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close