ޚަބަރުރ.އަތޮޅުދީން

ޖަމިއްޔަތުއް ސަލަފުން ބާއްވާ ދަރުހެއް މިރޭ އުނގޫފާރު މަސްޖިދުއް ތަޤުވާގައި

ޖަމިއްޔަތުން ސަލަފުން “ހަފުތާ ބަންދު ދަރުސް” ގެ ނަމުގައި ކުރިއަށް ގެންދާ ދީނީ ޕްރޮގްރާމެއްގެ ދަށުން މިރޭ އުނގޫފާރުގައި ދަރުހެއް ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އުނގޫފާރު މަސްޖިދުއް ތަޤުވާގައެވެ. ދަރުސް ދެއްވާނީ އައްޝައިހް މުޖްތަބާ ހަމީދެވެ. މި ދަރުސް “އުނގޫފާރު.ކޮމް” ފޭސްބްކް ޕެޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަނގޮޅިތީމުގެ އަރާކުރި ޖަމިއްޔާ އަދި ޖަމިއްޔަތުއް ސަލަފް ގުޅިގެން ކުރިއަށް ގެންދާ މި ދީނީ ޕްރޮގްރާމް ތަކުގެ ދަށުން، އުނގޫފާރު، ހުޅުދުއްފާރު އަދި އަނގޮޅިތީމުގައި ދަރުސް ދިނުމާއި ދީނީ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރޭ އިޝާ ނަމާދަށް ފަހު އަނގޮޅިތީމުގެ މަސްޖިދުއް ނޫރުގައި ޝެއިހް މުޙައްމަދު ޝަމްޢޫންގެ ދަރުހެއް ކުރިއަށް ދިޔައެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ އުނގޫފާރު ސްކޫލްގައި ވެސް ޝެއިހް މުޙައްމަދު ޝަމްޢޫން ދަރުހެއް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ އުނގޫފާރު އަންހެން، ފިރިހެން ކުދި ބޮޑު އެންމެނަށް ހުޅުވާލައިގެން ބާއްވާ ދަރުހެކެވެ.

 މީގެ އިތުރުން ރާއްޖޭގެ މިއުޒިކްގެ ދާއިރާގައި އުޅުއްވުމަށްފަހު އެކަން ދޫކޮށްލައްވާ މާތްﷲގެ މަގަށް ރުޖޫޢަވީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒް އުނގޫފާރުގެ ޒުވާނުންނާ ބައްދަލު ކުރެއްވުން ވެސް މިރޭ އުނގޫފާރުގައި އޮންނާނެއެވެ. މި ބައްދަލު ކުރެއްވުން އޮންނާނީ އުނގޫފާރު ޕާފެކްޓް ޓައިމްސް ރެސްޓޯރެންޓްގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close