ޙަބަރުސިއްޙަތު

ހޮނިހިރު ދުވަހު ރަށުތެރެ ސާފުކުރަނީ

އަންނަ ހޮނިހިރު ދުވަހު އުނގޫފާރު ރަށުތެރެސާފު ކުރާގޮތަށް އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ. ރަށުގެ ބައެއްހިސާބުތަކުގައި އާދަޔާހިލާފަށް ކުނި ގިނަވެ ހަޑިވެފައިވާތީ އެކަމުގެ ޝަކުވާ ބައެއްފަރާތްތަކުން އަންނަނީ ކައުންސިލަށް ހުށައަޅަމުންނެވެ.

ހޮނިހިރު ދުވަހު ކުރިއަށްގެންދާ ސާފްކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްލުމަށް މިއަދު 10 ޖެހިއިރު ކައުންސިލް އިދާރާގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް/ޕަބްލިކް ހެލްތްޔުނިޓާއި އުނގޫފާރު ސްކޫލާއި އުނގޫފާރު ޕޮލިހާއި ކްލަބް ޔޫތު ސްޓަރ އާއި ބްރޭކްޑައުންކެފޭ އަދި އުފާއިން ބައިވެރިވިއެވެ.

މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 8:00 ގައި ޕޮލިސް ސްޓޭޝަންގެ އުތުރުން އޮތް ރުއްގަނޑު ސަރަހައްދުންނެވެ.

ބައްދަލުވުމަށްފަހު ކައުންސިލްގެ ރައީސް ވިދާޅުވީ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އުނގޫފާރުގައި ދެންހުރި މުވައްސަސާތަކާއި ޓީމްތަކާއި މަޝްވަރާ ކުރުމައްފަހު ޕްރޮގްރާމްގެ އެންމެ ފަހުގެ މައުލޫމާތު ރަށްޔިތުންނާއި ހިއްސާކުރައްވާނެ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close