ޙަބަރުރ.އަތޮޅުރިޕޯޓްބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

“ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″

ރ އަތޮޅު ކިނޮޅަހުގައި ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީ ވެގެންދަނީ ރ.ކިނޮޅަހުގެ ރައްޔިތުން އެކި ޟަރޫރީ ބޭނުންތަކުގައި ރަށުން ބޭރުގައި އުޅުމަށް ފަހު އާއިލާކައިރިއަށް ހިތްފަސޭހަކޮލުމަށް އަންނަ ދުވަސްވަރަކަށެވެ. އަދި މި ހަމައެއާއެކު މި ދުވަސްވަރަކީ ރަށުން ބޭރުން ގިނަބަޔަކު ކިނޮޅަހަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. އެހެންވެ މި ދުވަސްވަރު ވެގެން ގޮސްފައިވަނީ ރަށުގެ ގިނަ ބަޔަކު އެއް ފަހަރާ ދިމާވާ ދުވަސްވަރަކަށެވެ.

މި ސަބަބުތަކަށްޓަކައި ޖަމްއިއްޔަތުލް އިއްތިޙާދުގެ ފަރާތުން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ތަފާތު ގިނަ ކުޅިވަރު ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 4 ކުޅިވަރު ހިމެނޭ ގޮތަށް ” ބޮޑު ޗުއްޓީ ސްޕޯޓްސް ފެސްޓިވަލް  2017″ ގެ ނަމުގައި ފެސްޓިވަލެއް މިއަހަރުގެ ބޮޑު ޗުއްޓީގައި ބެއްވުމަށް އެޖަމިއްޔާއިން ވަނީ ނިންމާފައެވެ.Kinolhas Sports Festival (2)

މިފެސްޓިވަލުގެ ބޭއްވުމުގެ މައިގަނޑު މަޤުސަދުތަކަކީ ކިނޮޅަހުގައި ތަފާތު ކުޅިވަރުތައް ކުޅެ ދިރުވާ އާލާކުރުމާއި، ދެ ޖިންސުގެ ފަރާތްތަކަށް ވެސް ކުޅިވަރުކުޅުމުގެ މަގުފަހިކޮށްދިނުމެވެ. އަދި އެކި ބޭނުންތަކަށް ރަށުން ބޭރުގައި އުޅުމަށްފަހު ބޮޑުޗުއްޓީގައި އާއިލާކައިރިއަށް ހިތްފަސޭހަކޮލުމަށް އަންނަ ފަރާތްތަކާއި ރަށުގައި އުޅުއްވާފަރާތްތަކުގެ މެދުގައި މަޖާ، އެކުވެރި މާޙައުލެއް ކުޅިވަރުގެތެރެއިން ގާއިމްކޮށްދިނުމެވެ.

މީގެއިތުރުން ރަށުގެ އާއްމު ފަރުދުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއެކު ރަށުގެ ކުޅުންތެރިންނަށް ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުސަތު މަގުފަހިކުރުމާއި ކިނޮޅަހަކީ ކުޅިވަރުގައި އަތޮޅު ފެންވަރުގައި، ސަރަހައްދީ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ވާދަކުރެވޭ ފެންވަރުގެ ރަށަކަށް ހެދުން އަދި ކިނޮޅަހުން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަކީވެސް މިފެސްޓިވަލް ބޭއްވުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ.

ޖަމިއްޔާގެ ކުޅިވަރުގެ ތާރީޚަށް ބަލާއިރު މިހާތަނަށް މެދުކެނޑުމެއްނެތި 17 ވޮލީބޯލް މުބާރާތާއި،  17 ބަށި މުބާރާތާއި، 5 ނެޓްބޯޅަ މުބާރާތާއި ފުޓް ބޯޅަ މުބާރާތް ބާއްވާފައިވެއެވެ. މިހުރިހާ މުބާރާތެއްވެސް ކުރިއަށް ގެންދެވިފައިވަނީ ވަރަށްވެސް ފުރިހަމަ ކަމާއެކުގައިކަން ފާހަގަ ކުރަމެވެ. އަދި ގައުމީ ލެވެލްގައި ކުޅޭ ވޮލީ ކުޅުންތެރިން ނެޓްބޯޅަ ކުޅުންތެރިން މި މުބާރާތަކުން މަދުން ނަމަވެސް ނެރެވިފައިވެއެވެ.

Kinolhas Sports Festival (1)

މި ފެސްޓިވަލް ކުރިއަށްދާނެ ގޮތަށް ބަލާއިރު މި ސްޕޯޓްސް ފެސްޓިވަލްގައި ޗެރިޓީ ޝީލްޑް މެޗެއްގެ އިތުރުން 4 މުބާރާތެއް ކުރިޔަށް ގެންދަން ހަމަޖެހިފައިވެއެވެ. ވޮލީބޯޅަ އަދި ފުޓްބޯޅަ މުބާރާތް ކުރިޔަށް ގެންދަން ފިރިހެނުންނަށް ހަމަޖެހިފައިވާއިރު، ބަށިބޯޅަ އަދި ނެޓްބޯޅަ މުބާރާތް ކުރިޔަށް ގެންދެވޭނީ އަންހެނުންނަށް އަމާޒުކޮށެވެ.

ޗެރިޓީ ޝީލްޑް މެޗާއެކު މިފެސްޓިވަލް ފަށާނީ 25 ނޮވެމްބަރ ގައެވެ. 27 ނޮވެމްބަރ ދުވަހު ހެނދުނު ނެޓްބޯޅަ ކޭމްޕް ފަށާއިރު މިކޭމްޕަކީ ނެޓްބޯލް އެސޯސިއޭޝަން އާއި ޖަމްޢިއްޔަތުލް އިއްތިހާދު ގުޅިގެން 7 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ކޭމްޕެކެވެ. ކޭމްޕް ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އާމިނަތު ހަލީމް ( ދިލް ) ގެ އިރުޝާދުގެ ދަށުންނެވެ.

27 ނޮވެމްބަރ ހަވީރު 18 ވަނަ ވޮލީބޯޅަ މުބާރާތް ފަށާނެއެވެ. ހަތަރު ޓީމް ވާދަ ކުރާ މުބާރާތުގައި ބައިވެރި ވެފައިވަނީ ހޭވައްލާ ، ރަށްގުޑުވާ ، ކޮކޯ އަދި ބޭރިއަންސް އެވެ. މިއީ މީގެ ކުރީ އަހަރުތަކުގައި ރަށުގެ 3 ޓީމް ބައިވެރިވެގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ.

5 ޑިސެމްބަރ ގައި  6 ވަނަ ނެޓްބޯޅަ މުބާރާތް ފަށާނެއެވެ. މިމުބާރާތުގައި ވާދަކުރާ 4 ޓީމަކީ އަޒުމް ، ގަހާތަރި ، ލޮޓަސް އަދި އުއްމީދު އެވެ.

9 ޑިސެމްބަރ ގައި 5 ވަނަ ފުޓްބޯޅަ މުބާރާތް ފަށާއިރު މިމުބާރާތުގައިވެސް 4 ޓީމް ވާދަކުރާނެއެވެ. އެއީ ޔޫކޭ ސްޕޯރޓްސް ، އެފް ސީ ކުރުމަގު ، އެފް.ސީ ދި އިންވިސިބްލް އަދި ޝޫޓާރސް ޔުނައިޓެޑްއެވެ.

ފެސްޓިވަލްގައި އެންމެ ފަހުން ފަށާނެ މުބާރާތަކި ބަށިބޯޅަ މުބާރާތެވެ. މިމުބާރާތް ފަށާނީ 15 ޑިސެމްބަރ ގައެވެ. 18 ވަނަ ބަށިބޯޅަ މުބާރާތުގައި ބައިވެރި 4 ޓީމަކީ އަޒުމް ، ގަހާތަރި ، ލޮޓަސް ، އުއްމީދެވެ.

މިފެސްޓިވަލްގެ ކުޅިވަރުތައް ނިންމާލުމަށް ތާވަލް ކުރެވިފައިވަނީ 25 ޑިސެމްބަރު ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close