ޚަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

“ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ގެ ދެ ކުޅިވަރެއްގެ ގުރުއަތުލުން ބާއްވައިފި

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ބޮޑު ޗުއްޓީ ކުޅިވަރު ފެސްޓިވަލްގައި ހިމެނޭ ވޮލީބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ރޭ 9:00 ގައި ކިނޮޅަހު ޕީޕީއެމް ކުރީގެ ޖަގަހާގައި އޮތް ގުރުއަތުލުމުގެ ރަސްމިޔާތުގައި ފުރަތަމަ އޮތީ ކުޅިވަރު ފެސްޓިވަލްއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ހުށައެޅުމެވެ. ރޭގެ ރަސްމިޔާތުގައި ފުރަތަމަ ގުރުއަތުލީ ފުޓްބޯޅަ މުބާރާތުގެއެވެ.

12 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހު ހަވީރު ފަށާ 6 ވަނަ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ޔޫކޭ ސްޕޯރޓްސް އާއި ދި އިންވިސިބްލް އެވެ. މި މުބާރާތުގައި ކޮންމެ ޓީމެއް އެއްފަހަރު ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ދާނީ ސީދާ ފައިނަލަށެވެ. އަދި 2 ވަނަ އާއި 3 ވަނަ އަށް ދާ ދެޓީމްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ މޮޅުވާ ޓީމެއް ދާނީ ފައިނަލަށެވެ. ފުޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅެވޭނީ 20 ޑިސެމްބަރ ގައެވެ.

ފުރަތަމަ ފަހަރަށް ކިނޮޅަހުގެ ހަތަރު ޓީމު ބައިވެރިވެގެން ބާއްވާ 18 ވަނަ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ބޭރިއަންސް އާއި ރަށްގުޑުވާއެވެ. މި މެޗް ކުޅެވޭނީ 27 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހު ހަވީރުއެވެ. މި މުބާރާތުގައިވެސް ކޮންމެ ޓީމެއް އެއްފަހަރު ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ދާނީ ސީދާ ފައިނަލަށެވެ. އަދި 2 ވަނަ އާއި 3 ވަނަ އަށް ދާ ދެޓީމްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ މޮޅުވާ ޓީމެއް ދާނީ ފައިނަލަށެވެ. މި މުބާރާތުގެ ފައިނަލް ކުޅެވޭނީ 7 ޑިސެމްބަރ ގައެވެ.

ޖަމްޢިއްޔަތުލް އިއްތިހާދުން މަޢުލޫމާތު ދިން ގޮތުގައި ކުޅިވަރު ފެސްޓިވަލްގައި ހިމެނޭ ނެޓްބޯޅަ މުބާރާތާއި ބަށިބޯޅަ މުބާރާތުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރުދުވަހުގެ ރެއެއެވެ.

ޖަމްޢިއްޔަތުލް އިއްތިހާދުގެ ކުޅިވަރު ފެސްޓިވަލް 2017 ގެ އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓް ކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close