ޙަބަރުޓެކުނޮލޮޖީ

އޯލެވެލް ފުރަތަމަ ބެޗްގެ އިސްދަރިވަރުންގެ ފަރާތުން ސުކޫލަށް ޓީވީއެއް ހަދިޔާކޮށްފި

އުނގޫފާރު ސްކޫލުގެ ސްމާރޓް ކްލާސްރޫމް ޕްރޮޖެކްޓްގައި ބައިވެރިވެ އެހީތެރިކަން ދިނުމުގެ ގޮތުން އުނގޫފާރު ސްކޫލްގެ އިސްދަރިވަރުންގެ ފަރާތުން ޓީވީ އެއް ހަދިޔާ ކޮށްފިއެވެ.

2003 ވަނަ އަހަރު އުނގޫފާރު ސްކޫލުން ގްރޭޑް 10 ނިންމާ އޯލެވެލް ހެދި ފުރަތަމަ ބެޗުގެ ދަރިވަރުން ގެ ފަރާތުން ހަދިޔާކުރި މިޓީވީ ސްކޫލާއި ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއަހަރު އުނގޫފާރު ސްކޫލުން ގްރޭޑް 10 އަދި 12 ނިންމި ދަރިވަރުންގެ ގްރެޖްއޭޝަން ރަސްމިއްޔާތުގައި އިސްދަރިވަރުންގެ ފަރާތުން ހަދިޔާކުރި ޓީވީ އާއި ހަވާލުވީ ޕީޓީއޭގެ ނައިބް ރައީސް އަލްފާޟިލާ އަމަތުﷲ ލަތީފްއެވެ.

މީގެ އިތުރުން އުނގޫފާރު ސްކޫލުން ފަށާފައިވާ ކޮންމެ އިސްދަރިވަރެއްގެ ފަރާތުން މަދުވެގެން 1 ފޮތް ޕްރޮގްރާމްވެސް ވަރަށް ފޯރީގައި ބާރަށް ކުރިއަށް އެބަދެއެވެ. 1 ޑިސެމްބަރ 2017 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގުރާމްގައި ބައިވެރިވުމަށް ކޮންމެ އިސްދަރިވަރަކަށްވެސް 2 އޮޕްޝަނެއް ވަނީ ދެވިފައެވެ. އެގޮތުން ބޭނުން ކޮށްފައިވާ ހާލަތު ރަގަޅު ފޮތެއް ނުވަތަ އައު ފޮތެއްވެސް ހަދިޔާ ކުރެވިދާނެއެވެ. ނުވަތަ ސްކޫލްގެ ރިކުއަރމަންޓްގައި ހިމެނޭ ފޮތެއް ގަތުމަށްޓަކައި މަދުވެގެން 100 ރުފިޔާގެ ފައިސާވެސް ދެވިދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close