ޚަބަރު

ޕީއެސް އެމް އަށް ދޫކުރެވިފައިވާ ބިމުގެ އިރުމައްޗައް އިތުރުކުރެވޭ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

އައިއެސްޑީބީ . ޓީ ޕްރޮޖެކްޓްގެ ދަށުން އުނގޫފާރުގައި ޕީއެސް އެމް އަށް ދޫކުރެވިފައިވާ ބިމުގެ އިރުމައްޗައް އިތުރުކުރެވޭ ބައިގައި ހުރި ރުކާއި ގަސް ނަގައި ބިންގަނޑު އެއްވަރުކޮށްދޭނެ  ފަރާތެއް ހޯދުމަށް އުނގޫފާރު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ޕީ އެސް އެމްއަށް ދޫކުރެވިފައިވާ ބިމަށް އިތުރުކުރެވޭ 15 ފޫޓްގެ ތެރޭގައިވާ ރުކާއި ގަސްނަގާ ބިންގަނޑު ލެވަލްކޮށްދިނުމަށް ބޭނުންންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މާދަމާ 21 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 10:30ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.

ރުކާއި ގަސްނަގާ ބިންގަނޑު ލެވަލްކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނުގައި ވާގޮތުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިފައިގެން ކަމަށް ބުނެފައިވެއެވެ.

އުނގޫފާރުން ޕީއެސްއެމް އަށް ދޫކޮށްފައިވާ ބިން

އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ ކުލަބް ޖަމާއަތަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެ ކަމަށާއި މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި ” ޕީ އެސް އެމްއަށް ދޫކުރެވިފައިވާ ބިމަށް އިތުރުކުރެވޭ ބައިގައިހުރި ރުއްގަސް ނެގުމާއި ބިންގަޑު ލެވަލް ކުރުމަށް އެދި ” މިހެންލިޔެފައި އޮންނަންވާނެ ކަމަށް އުނގޫފާރު ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close