ހާއްސަ ލިޔުންޚަބަރުއާދަޔާޚިލާފް
ވިލްދާނުގެ ހަށިގަނޑު ރަށަށް ގެންނަނީ

ކުއްލިގޮތަކަށް މަރުވެފައި އޮށްވާ ފެނުނު ރ އުނގޫފާރު ހޭޕީލައިފް މުހައްމަދު ވިލްދާނުގެ ހަށިގަނޑު މިއަދު ހަވީރުގެ ފްލައިޓުން އުނގޫފާރަށް ގެންނައުމުގެ މަސައްކަތް ކުރަމުން އެބައެދެވެ. 24 އަހަރުގެ ވިލްދާނު މަރުވެފައި އޮށްވާ ފެނިފައިވަނީ މިއަދު އޭނާ މަސައްކަތްކުރާ ކ އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާގައި ވަޒީފާއަށް ނުނިކުމެ ލަސްވެގެން ވިލްދާނު ހޯދުމަށް ވިލްދާނު ނިދާ ކޮޓަރި ބެލިއިރު ކޮޓަރިންނެވެ.
ރިސޯޓުން ވިލްދާނުގެ ހަށިގަނޑު އެންމެ ފުރަތަމަ ގެންގޮސްފައިވަނީ މިއަދު މެންދުރު އޭޑީކޭއަށެވެ. ވިލްދާނު މަރުވެފައި ވަނީ ފިޓުޖެހިގެން ކަމަށް އޭޑިކޭއިން އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރާއި ހަވާލާދީ އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ. އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދިން ވިލްދާނުގެ އާއިލާގެ ފަރާތަކުން ބުނެފައިވާގޮތުން މީގެ ކުރިން ދެފަހަރަކު ވިލްދާން ފިޓުޖެހިފައިވެއެވެ.
އާއިލާއިންމައުލޫމާތު ދިންގޮތުގައި ވިލްދާނުގެ ހަށިގަނޑާއެކު ވިލްދާނުގެ ބައްޕަ އާއި ބޭބެއަކު ރަށަށް އާދެއެވެ. ވިލްދާނުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ އިޝާނަމާދަށްފަހުއެވެ.
މާތްﷲ މިމަރުހޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި! އާމީން!
Den vildanu valhuli video ves aanmu kohbala meehunge hith rohvan keehve tha nulee