ޙަބަރުއާދަޔާޚިލާފް

ވިލްދާނުގެ ހަށިގަނޑު އުނގޫފާރަށް ގެނެސްފި – ޖަނާޒާ މިރޭ ދިހައެއް ޖަހާއިރު

އޮޅުވެލި ބީޗު ރިސޯޓް އެންޑް ސްޕާގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކުއްލިގޮތަކަށް މިއަދު ނިޔާވި ރ އުނގޫފާރު ހެޕީލައިފް މުހައްމަދު ވިލްދާނުގެ ހަށިގަނޑު މިރޭ އުނގޫފާރަށް ގެނެސްފިއެވެ. ވިލްދާނުގެ ހަށިގަނޑު އިފުރަށް ގެނެސްފައިވަނީ މިއަދު ހަވީރުގެ ފްލައިޓެއްގައެވެ.

މިރޭ އިރުއޮއްސި ހަތްގަޑި ފަނަރަ ހާއިރު ސީއެމްބިއުލަންސްގައި ވިލްދާނުގެ ހަށިގަނޑު އިފުރު އެއަޕޯޓުން އުނގޫފާރަށް ގެނައިއިރު ރަށުގެ ވަރަށް ގިނައަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަހައްދައް ޖަމާވެފައެވެ.

ވިލްދާނުގެ ހަށިގަނޑު އުނގޫފާރަށް ގެނައިވަގުތު ބަނދަރު ސަރަހައްދަށް ގިނަބަޔަކު ޖަމާވެފައި

ވިލްދާނުގެ ހަށިގަނޑު ބަނދަރުން އެމްބިއުލަންސްގައި ގެންގޮސްފައިވަނީ ހިނަވާގެއަށެވެ. ހިނަވާގެ ސަރަހައްދަށް ގިނައަދަދެއްގެ ބަޔަކުދަނީ ޖަމާވަމުންނެވެ.

ވިލްދާނުގެ ނޫމު ދެއްކުން މިހާރު ކުރިއަށްދާއިރު ޖަނާޒާގެ ކަންތައް ދިހައެއްޖަހާއިރު އޮންނާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close