ޙަބަރުރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ތަފާތު ބޮޑުކޮށް އިންނަމާދޫ ބަލިކޮށް އަލިފުށި ފެށުން ރަނގަޅު ކޮށްފި

މިނިވަންޗެމްޕިއަންޝިޕް 2018

މިނިވަންޗެމްޕިއަންޝިޕް 2018 ރ އަތޮޅު ބުރުގެ ދެވަނަ މެޗު ބޮޑު ތަފާތަކުން އަލިފުށި ިކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު މީދޫ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މެޗުގައި އަލިފުށިން އިންނަމާދޫގެ މައްޗަށް ކުރިހޯދީ 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފް އަލިފުށިން ނިންމާލީ ތިންލަނޑުގެ ލީޑަކާއެކުގައެވެ. ލަނޑު ތައްޖަހާފައިވަނީ މުހައްމަދު އައްބާސްގެ އާއި އިބްރާހީމް ފުރުގާން އެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓްގައި އައްބާސް ކާމިޔާބު ކޮށްދިންއިރު އަނެއް ދެގޯލު ފުގޭ ކާމިޔާބު ކޮށްދިނީ 17 ވަނަ މިނެޓާއި 30 ވަނަ މިނެޓުގައެވެ.

އިންނަމާދޫން މެޗުގައި ޖެހި ހަމައެކަނި ގޯލް އެޓީމުން ކާމިޔާބުކުރީ މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. އިންނަމާދޫގެ ޕެނެލްޓީ އަލިފުށީ ކީޕަރު، މުހައްމަދު ފަސީހު ދިފާއުކުރި ނަމަވެސް ރީބައުންސް ބޯޅަ، އަލީ އަޔާޒްވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.

މިމެޗުގައި އަލިފުށީގެ އިބްރަހީމް ފުރުގާން (ފުގޭ) ވަނީ ހެޓްރިކް ހަދާފައެވެ. ފުގޭ ހެޓްރިކް ހަދާފައިވަނީ މެޗުގެ 17، 30 އަދި 83 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ.

މެޗު ނިމެންދަނިކޮށް އަލިފުށީގެ އަބްދުﷲ ފާރިޝް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ނަތީޖާ 5-1 އަށް ބަދަލުކޮށްލާފައެވެ. މެޗުނިމިގެން ދިޔައީ މިނަތީޖާއިން އަލިފުށި މެޗްކާމިޔާބު ކޮށްގެންނެވެ.

މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ މުބާރާތް ބާއްވާ މީދޫ އާއި އަލިފުއްޓެވެ. މިދެޓީމުވެސް ވަނީ މިދެޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close