ޙަބަރުރ.އަތޮޅުވިޔަފާރި

މުރަވަންދޫގައި ހުޅުވާ “ޖޯލި” ރިސޯޓަށް މުވައްޒަފުން ހޯދަނީ

ޖޯލި ރިސޯޓް

މުރަވަންދޫގައި ތަރައްޤީކޮށް ނިމެމުންދާ “ޖޯލި” ރިސޯޓަށް މުވައްޒަފުން ހޯދުމަށް ހިންގާ ހަރަކާތުގެ ތެރެއިން “ރެކްރޫޓްމެންޓް ޑޭ” އޭއް މާލޭގައި އަދި ރ އުނގޫފާރުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޖޯލި ރިސޯޓުން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުން ފުރަތަމަ ހަރަކާތް އޮންނާނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ރ އުނގޫފާރުގައެވެ. އުނގޫފާރުގައި މި ހަރަކާތް އޮންނާނީ ޖަމިއްޔަތުއްސައިފްގެ އިދާރީ މަރުކަޒުގައި ހެނދުނު 09:00 އިން ހަވީރު 05:00 އަށެވެ. އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު މާލޭގައި މި ހަރަކާތް އޮންނާނީ ރަށްދެބައިމަގުގައި ހުންނަ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހެނދުނު 09:00 އިން 05:00 އެވެ.

ޖޯލި ރިސޯޓުގައި ވަޒީފާގެ ފުރުސަތު އޮތް ކެޓަގަރީތަކުގެ ތެރޭގައި

 1. ފައިނޭންސް ދާއިރާ
 2. ހައުސްކީޕިންގ ދާއިރާ
 3. ފްރޮންޓް އޮފީސް ދާއިރާ
 4. ހިއުމަން ރިސޯސަސް ދާއިރާ
 5. ރިކްރިއޭޝަން ދާއިރާ
 6. ރީޓެއިލް ދާއިރާ
 7. ސެކިއުރިޓީ ދާއިރާ
 8. ސްޕާ
 9. ލޭންޑްސްކޭޕް ދާއިރާ
 10. މެއިންޓެނަންސް ދާއިރާ
 11. ބަދިގެ
 12. ފުޑް އެންޑް ބެވަރެޖެސް ދާއިރާ
 13. މާކެޓިން އެންޑް ރިޒަވޭޝަންސް ދާއިރާ
މުރަވަންދޫގެ އޭރިއަލް ފޮޓޯއެއް / ފޮޓޯ: މީސްމީޑިއާ

މައުލޫމާތު ލިބިފައިވާގޮތުން މުސާރައަކާއި ސާވިސް ޗާޖުގެ އިތުރުން ފެންވަރު ރަނގަޅު އެކޮމޮޑޭޝަން އަދި ސްޓާފުންނަށް ހާއްސަ ރެކްރިއޭޝަން ފެސިލިޓީސްތައް މިރިސޯޓްގައި ވަނީ ޤާއިމުކުރެވިފައެވެ. ރ މުރަވަންދޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މިރިސޯޓަކީ އަލްޓްރާ ލަގްޒަރީ ކެޓަގަރީގެ ރިސޯޓެކެވެ. މި އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

 

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close