ޙަބަރު

އުނގޫފާރު ކައުންސިލަށް މިފަހަރު ޕާފޯމެންސް އިންޑެކްސްގެ 89 ވަނަ

ލޯކަލް ގަވަމެންޓް އޮތޯރިޓީން ކޮންމެ އަހަރަކު އެކުލަވާލާ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް މަސައްކަތް ކުރާ މިންވަރު ގިންތި ކުރާ ޕާފޯމެންސް އިންޑެކްސްގެ 89 ވަނާގައި އުނގޫފާރު ކައުންސިލް ހިމެނިއްޖެއެވެ. ލޯކަލް ކައުންސިލުން ރޭ ބޭއްވި ކަންގަތި އެވޯޑް ހަފުލާގައި ވަނީ 2016 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އެވާޑް ހަވާލުކޮށްފައެވެ. އުނގޫފާރު ކައުންސިލުުން 2015 ވަނައަހަރު ވަނީ މިރޭކިންއިން މުޅި ރާއްޖެއިން ދެވަނަ ހާސިލްކޮށްފައެވެ. އެހެންކަމުން އުނގޫފާރު ކައުންސިލަށް މިފަހަރުގެ ރޭންކިންގައި ލިބިފައި މި ވަނީ 87 ދަރަޖައިގެ ވެއްޓުމެކެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން 2016 ވަނަ އަހަރު ކައުންސިލްތައް ރޭންކް ކޮށްފައި ވަނީ 4 ބަޔަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ރޭކިން، ރަށު ކައުންސިލްތަކުގެ ރޭންކިން، ވަކި ވަކި އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ރޭންކިން އަދި އިންޑެކްސް ބޭސްޑް ރޭންކިން އެވެ.

މި ރޭކިންތަކަށް ބިނާކޮށް ރޭ ވަނީ 18 ކައުންސިލަކުން އެވާޑް ހާސިލްކޮށްފައެވެ. މި ގޮތުން އެންމެ ރަނގަޅު 3 އަތޮޅު ކައުންސިލަށް ދޭ “ގަދަހަމާންތި ދަރަޖަ” އެވާޑް ހާސިލްކޮށްފައި ވަނީ:

1  ވަނަ – ފުވައްމުލަކު އަތޮޅު ކައުންސިލް

2  ވަނަ – ކޮޅުމަޑުލު އަތޮޅު ކައުންސިލް

3  ވަނަ – މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް

އެންމެ ރަނގަޅު 3 ރަށު ކައުންސިލަށް ދޭ “ރަނަހަމާންތި ދަރަޖަ” އެވާޑް ހާސިލްކޮށްފައި ވަނީ

1 ވަނަ – ކ.ހުރާ ކައުންސިލް

2 ވަނަ – ށ.ފޯކައިދޫ ކައުންސިލް

3  ވަނަ – އއ އުކުޅަހު ކައުންސިލް

ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާރފޯމަންސް މިންކޮށް ވަޒަންކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައި މިވާ ޕާފޯމެންސް އިންޑެކްސް މިފަހަރު ވަނީ 5 ސަބްއިންޑެކްސްއަކަށް ބަހާލާފައެވެ. އެއީ

  1. ކައުންސިލްތަކުން ލާމަރުކަޒީ ގާނޫނަށް ޢަމަލުކުރާ މިންވަރު ބަލާ އިންޑެކެސް
  2. ކައުންސިލްތަކުގެ އިފެކްޓިވްނެސް ބަލާ އިންޑެކްސް
  3. ކައުންސިލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައާއި، ކައުންސިލުން ރާވާ މަޝްރޫޢުތަކާއި ޕްލޭންތައް ތައްޔާރުކުރުމުގަޔާއި، އަދި ކައުންސިލުން ނިންމާ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ރައްޔިތުން ވީހާވެސް ބޮޑަށް އެކަންކަމުގައި ބައިވެރި ކުރާ މިންވަރު ބަލާ ޕާޓިޕިސޭޝަން އިންޑެސް
  4. ކައުންސިލްތަކަކީ ރައްޔިތުންނާއި ސަރުކާރަށް ޖަވާބުދާރީ ވާ މިންވަރު ބަލާ އެކައުންޓެބިލިޓީ އިންޑެކްސް
  5. ކައުންސިލްތަކަކީ ކަމާބެހޭ އެހެން މުއައްސަސާތަކާއި ގުޅިގެން އެރަށެއްގައި، ނުވަތަ އެ އިދާރީ ދާއިރާއެއްގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ދަމަހައްޓާ މިންވަރު ބަލާ ސެކިއުރިޓީ އިންޑެކްސް

މި 5 ސަބްއިންޑެކްސްގެ ތެރެއިން ކޮންމެ ސަބްއިންޑެކްސް އަކުން އެންމެ މަތީ ރޭންކިން ހޯދާފައިވާ ރަށުކައުންސިލާއި އަތޮޅު ކައުންސިލަށް ވެސް ރޭ ވަނީ އެވޯޑްހަވާލުކޮށްފައެވެ.

2016 ވަނަ އަހަރުގެ ރޭންކިންއަށް ބަލާއިރު ރ.އަތޮޅު ކައުންސިލަށް ވަނީ އަތޮޅު ކައުންސިލްތަކުގެ ރޭންކިންގެ 6 ވަނަ ލިބިފައެވެ. ވަކިވަކި ސަބްއިންޑެކްސްތަކަށް ބަލާއިރު ލޯކަލް ގަވަމެންޓް ގާނޫނަށް އަމަލުކުރާ މިންވަރު ބަލާ އިންޑެކްސްއިން 4 ވަނަ އާއި، އިފެކްޓިވްނެސް ބަލާ އިންޑެކްސްގެ 5 ވަނަ އާއި އެކައުންޓެބިލިޓީ ބަލާ އިންޑެކްސްގެ 10 ވަނަ އާއި ސެކިއުރީޓީ އިންޑެކްސްގެ 7 ވަނަ ރ.އަތޮޅު ކައުންސިލަށް ލިބިފައިވެއެވެ. އެހެން ނަމަވެސް ރ.އަތޮޅު ކައުންސިލް އުޅެނީ ޕާޓިޕިސޭޝަން އިންޑެކްސްގެ އެންމެ ފަހަތުގެއެވެ. އެގޮތުން ރ.އަތޮޅު ކައުންސިލަށް ލިބިފައި ވަނީ ޕާޓިޕޮސޭޝަން އިންޑެކްސްގެ 16 ވަނައެވެ.

ރަށުކައުންސިލް ތަކުގެ ރޭންކިންއަށް ބަލާއިރު އެންމެ ރަނގަޅު 10 ރަށުކައުންސިލްގެ ތެރޭގައި ރ.އަތޮޅުގެ 3 ކައުންސިލެއް މިފަހަރު ހިމެނިފައިވެއެވެ. އެގޮތުން ކުރީ އަހަރު މުޅި ރާއްޖެއިން 9 ވަނަ ހާސިލްކޮށްފައިވާ ރ.ވާދޫ ކައުންސިލުން މިފަހަރު ވަނީ 4 ވަނަ ހާސިލްކޮށްފައެވެ. މީގެ އިތުރުން ރ.ރަސްމާދޫ ކައުންސިލަށް މިފަހަަރު 7 ވަނަ ލިބިފައިވާއިރު ރ.ފައިނު ކައުންސިލަށް ވަނީ 10 ވަނަ ލިބިފައެވެ.

ވަކިވަކި ސަބްއިންޑެކްސް ތަކުން ރ.އަތޮޅު ރަށު ކައުނސިލްތަކުން ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު ލާމަރުކަޒީ ޤާނޫނަށް އަމަލުކުރާ މިންވަރު ބަލާ އިންޑެކްސްއިން ރ.ކިނޮޅަހު ކައުންސިލަށް 5 ވަނަ، ރ.މަޑުއްވަރީ ކައުންސިލަށް 7 ވަނަ އަދި ރ.ވާދޫ ކައުންސިލަށް 10 ވަނަ ލިބިފައިވެއެވެ. އިފެކްޓިވްނެސް ބަލާ އިންޑެކްސްއިން ރ.ފައިނު ކައުންސިލަށް 5 ވަނަ  އަދި ރ.ރަސްމާދޫ ކައުންސިލަށް 8 ވަނަ ލިބިފައިވެއެވެ. ޕާޓިޕިސޭޝަން ބަލާ އިންޑެކްސްއިން ރ.ވާދޫ ކައުންސިލަށް 5 ވަނަ ލިބިފައިވާއިރު އެކައުންޓެބިލިޓީ އިން ރ.ވާދޫ ކައުންސިލަށް 4 ވަނަ ލިބިފައިވެއެވެ. މީގެ އިތުރުން އެކައުންޓެބިލިޓީއިން ރ.ރަސްމާދޫ ކައުންސިލަށް 8 ވަނަ އަދި ރ.އަލިފުށި ކައުންސިލަށް 10 ވަަނަ ލިބިފައިވެއެވެ. ސެކުރިޓީ ސަބްއިންޑެކްސްގައި ރ.ވާދޫއަށް 2 ވަނަ ލިބިފައި ވާއިރު މި އިންޑެކްސްގެ 6 ވަނަ ލިބިފައި ވަނީ ރ.އިންނަމާދޫ ކައުންސިލަށެެވެ.

ރ.އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރޭކިންއަށް ބަލާއިރު ރ.އަތޮޅުގެ 1 ވަނަ ލިބިފައި ވަނީ ރ.ވާދޫ ކައުންސިލަށެވެ. ރ.އަތޮޅުގެ ރަށުކައުންސިލްތަކަ ް ލިބިފައިވާ ރޭންކިންތަކަކީ:

4. ރ.ވާދޫ ކައުންސިލް
7. ރަސްމާދޫ ކައުންސިލް
10. ފައިނު ކައުންސިލް
16. ކިނޮޅަހު ކައުންސިލް
36. މަޑުއްވަރީ ކައުންސިލް
54. އަލިފުށި ކައުންސިލް
57. މީދޫ ކައުންސިލް
60. މާކުރަތު ކައުންސިލް
62. ހުޅުދުއްފާރު ކައުންސިލް
65. އަނގޮޅިތީމް ކައުންސިލް
74. ދުވާފަރު ކައުންސިލް
89. އުނގޫފާރު ކައުންސިލް
93. އިންނަމާދޫ ކައުންސިލް
105. ރަސްގެތީމް ކައުންސިލް
108. އިނގުރައިދޫ ކައުންސިލް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
3 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
DhonbeMustafaHussain ali Recent comment authors
Dhonbe
Guest
Dhonbe

Reethi Koh report liyaa meehun nah libey ehchakah vanee

Mustafa
Guest
Mustafa

Kalo Mee kihineh vaa kameh heevaagothun siyaasee gothun bodah active bayakah mi denee vaadhoo cauncil dhuvahakun ves rahyethun naai meet nukurey

Hussain ali
Guest
Hussain ali

Kalo thi vaadhoo cauncil ah ehvana libuneema aharen mi huree anga bodu vefa dhuvahakun ves rahyethun naai bahdhalu kuri cauncil eh noon ey kihineh vana hovanee Allah Akbar dhogu nuhedhumah huthubaaga ves buni

Close