ރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ޒޯން 3 ގެ ފުރަތަމަ މެޗް މީދޫ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފި

ނައިފަރު ފުޓްބޯޅަ ދަނޑުގައި މިޔަދު ހަވީރު ކުރިއަށް ދިޔަ މިނިވަން ޗެންޕިއަންޝިޕް 2018 ޒޯން 3 މުބާރާތުގެ ފުރަތަމަ މެޗް ރ.މީދޫ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފިއެވެ. މި މެޗު މީދޫ އެސްސީ ކާމިޔާބުކުރީ ނައިފައިރު ޖުވެނައިލް އާ ވާދަކޮށް 3-2 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލީޑް ނަގާފައި ވަނީ މީދޫ އެސްސީއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔަ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އާސިފް (އޮއިއްޓޭ) އެވެ. ނަމަވެސް މެޗުގެ 2 ވަނަ ހާފުގައި ނައިފަރު ޖުވެނައިލްގެ މައުރޫފް ހުސެއިން ކާމިޔާބު ކުރި 2 ލަނޑާއެކު އެ ޓީމުން މެޗުގެ ލީޑް ނެގިއެވެ.

މެޗުގައި ދެން ފެނިގެން ގޮސްފައި ވަނީ ނައިފަރު ޖުވެނައިލް އަތުން  ބައިކޮޅަށް ވައިން ލަނޑަކާއެކު ނަތީޖާ ހަމަހަމަވެގެން ދިޔަތަނެވެ. އެހެން ނަމަވެސް އޭގެ 5 މިނެޓް ފަހުން މީދޫއެސްސީން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލާފައެވެ. މި ލަނޑު މީދޫ އެސްސީއަށް ކާމިޔާބުކޮށްދިނީ އަބްދުލް މުހައިމިނެވެ.

މި މުބާރާތުގެ 2 ވަނަ މެޗު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު ނައިފަރު ފުޓްބޯޅަ ދަނޑުގައެވެ. މި މެޗުގައި ވާދަކުރާނީ މީދޫ އެސްސީ އަދި ބ.އަތޮޅުގެ ޗެންޕިއަން ފެހެންދޫ ފުޓްބޯލް ޓީމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close