ޙަބަރު

ކޭބަލް އަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ އާކޭބަލް ހޯދަން އިއުލާނުކޮށްފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ އިންޖީނުގެއިން ދެމުންގެންދާ ކަރަންޓްގެ ހިދުމަތަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ އާކޭބަލް ހޯދަން އިއުލާނުކޮށްފިއެވެ. މިކަމަށްއެދި އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ މައުލޫމާތު ތިރީގައި މިވަނީއެވެ.

 

`

 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

  އުނގޫފާރު، ދިވެހިރާއްޖެ                                                              ނަންބަރު: IUL)303-AS/2018/17)

 

އިޢުލާން

މިކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީންގެއަށް 200 މީޓަރ ފޯކޯ 240 ސްކެއަރ އެމްއެމްގެ އާމަރޑް ކޭބަލް ގަތުމަށް ބޭނުންވެއްޖެއެވެ.

މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގެއަށް 200 މީޓަރ ކޭބަލް 240 ސްކެއާރ އެމްއެމްގެ ފޯކޯ ޑަބަލް އިންސްލޭޝަން އާމަރޑް ކޭބަލް ގެނެސް ދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 03 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. 240 ސްކެއަރ އެމް އެމްގެ ފޯކޯ ޑަބަލް އިންސްލޭޝަން އާމަޑް ކޭބަލް ގެނެސް ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. ކޭބަލް ގެނެސް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި ” އުނގޫފާރު ކައުންސިލަށް ބޭނުންވާ 240 ސްކެއަރ އެމްއެމްގެ ފޯކޯ އާމަރޑް ކޭބަލް ވިއްކުމަށް އެދި ” މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީގެ ނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ޕިކަޕްގެނެސް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް % 90

ވޮރެންޓީއަށް % 10

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

11  ރަޖަބް    1439     

28 މާރިޗް    2018  

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close