ޙަބަރު

ވަޒީފާގެ ފުރުސަތު

އުނގޫފާރު ސްކޫލް

އުނގޫފާރު ސްކޫލަށް ރިލީފް ޓީޗަރުން ހޯދަން އިއުލާނުކޮށްފިއެވެ. އުނގޫފާރު ސްކޫލަށް ރިލީފް ޓީޗަރުން ހޯދުމަށް ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

 

ރިލީފް ޓީޗަރ

ނަންބަރު: GS210/IUL/2018/13

ވަޒީފާގެ ފުރުޞަތު

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެ.
މަޤާމުރިލީފް ޓީޗަރ
މުއްދަތު3 މަސް
ބޭނުންވާ ޢަދަދު6
މަސައްކަތް ކުރަންޖެހޭ ތަން/ ސެކްޝަންއުނގޫފާރު ސްކޫލް/ އެކަޑެމިކް

 

ލިބިލައްވާނެ މުސާރާއި އެލަވަންސް:

ތަފްޞީލްމުސާރަސަރވިސް އެލަވަންސް
ސާނަވީ ތައުލީމް ފުރިހަމަ ކުރުން ކަމަށްވާނަމަ4500.00 ރ. (މަހަކު)1500.00ރ. (މަހަކު)
މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުންކަމަށްވާނަމަ5500.00 ރ. (މަހަކު)1500.00ރ. (މަހަކު)
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކުރުން ކަމަށްވާނަމަ6090.00 ރ. (މަހަކު)2500.00ރ. (މަހަކު)

 

މަޤާމުގެ ޝަރުޠުތައް:

1-      ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ހާސިލްކޮށްފައިވުން ނުވަތަ

2-      ޖީސީއީ އޭލެވެލް ނިންމާފައިވުން  ނުވަތަ

3-      ޖީސީއީ އޯލެވެލް ނިންމާފައިވުން އަދި ދިވެހި އިސްލާމް އިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

 

މިވަޒީފާއަށް ކުދިންނެގުމުގައި ނިއު ކަރުކިއުލަމް ވޯރކްޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

1-      ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވާލުން.

2-      ކިޔަވައިދޭން ހަވާލުކުރާ މާއްދާތައް ކިޔަވައިދެއްވުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަންޕްލޭން ހައްދަވާ ކުލާސްތަކަށް ގަޑިނަންގަވައިދިނުން.

3-      ދަރިވަރުންނަށް ނަންގަވައިދޭ މާއްދާތަކުން ދަރިވަރުން ހާޞިލްކުރާ މިންވަރު ދެންނެގަތުމަށްޓަކައި ސްކޫލްގެ އެސެސްމެންޓް ޕޮލިސީއާއި އެއްގޮތްވާގޮތުގެ މަތީން އެސެސްމެންޓްތައް ދިނުމާއި އެސެސްމެންޓްތަކުގެ ރެކޯޑްތައް ބެލެހެއްޓުން.

4-      ކިޔަވައިދެއްވާ ކުލާސްތަކުގެ ދަރިވަރުންގެ ހެދިފޯދޭ މިންވަރު ބެލެހެއްޓުމާއިއެކު ދަރިވަރުންގެ އުޅުމުގެ ކަންކަން ދުވަހުން ދުވަހަށް ލީޑިންގ ޓީޗަރުންނަށް ރިޕޯޓްކުރުން.

5-      ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށްވުން.

ހުށަހަޅަންޖެހޭ މައުލޫމާތުތައް:

 • ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނޭފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 • ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިޒާރެއްނެތްކަމަށް ، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 • ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ؛
 • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި ، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )
 • ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ،
 • ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
 • ފުރިހަމަ ކުރއްވާފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
 • ސިވިސް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިނގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 • ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 • އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 • ވަޒީފާއަށް އެދޭ ފޯމް އުނގޫފާރު ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއިއެކު ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ admin@ungoofaaruschool.edu.mv   އެވެ. އީމެއިލް ފޮނުއްވުމަށްފަހު ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ.

 

އިންޓަވިއު  އޮންނާނެތަނާއި މުއްދަތު :

 • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 10 އެޕްރީލް 2018 އާއި 19 އެޕްރީލް 2018 އާ ދެމެދު އުނގޫފާރު ސްކޫލްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ، އެ ތާރީޙް ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

 • މިމަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށްބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިއޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.

 

އެހެނިހެން އުޖޫރައާއި އިނާޔަތްތައް:

 • ކަނޑައެޅިފައި އޮންނަ އުސޫލެއްގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %30

 • މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

ü      ތައުލީމާއި ތަމްރީނު

ü      މަސައްކަތު ތަޖުރިބާ

ü      މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

އިތުރު މައުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ.

 

މިހެންވެ މިކަން އަންގާ އިޢުލާން ކުރީމެވެ.

16 ރަޖަބް 1439

02 އެޕްރިލް 2018

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close