ޚަބަރުސިއްޙަތު

ފުލުހުންނާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ ކަސްރަތު ޕްރޮގްރާމު ފެށިގެން ކުރިއަށް ދަނީ

ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގުޅިގެން އުނގޫފާރުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަސްރަތު ޕްރޮގްރާމެއް ފެށިގެން ކުރިއަށް އެބަދެއެވެ.

އޭޕްރިލް މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކަސްރަތު ޕްރޮގްރާމަކީ ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ރ.އުނގޫފާރު ހޮސްޕިޓަލް ގުޅިގެން ރ.އުނގޫފާރުގެ 18 އަހަރުން މަތީ ދެޖިންސުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމި ކަސްރަތު ޕްރޮގްރާމެކެވެ. މައުލޫމާތު ލިބިފައިވާގޮތުން މިޕްރޮގްރާމްގައި ފިރިހެންބޭފުޅުން ބައިވެރިވެފައެއް ނުވެއެވެ.

މި ޕްރޮގްރާމްގައި، ކަސްރަތުގެ އިތުރުން  މޫދު ކަސްރަތު ކުލާސްތަކަކާއި،  ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ސިއްޙީ މައުލޫމާތު ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ، އުނގޫފާރު ރައްޔިތުންނަކީ، ހަށިހެޔޮ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އިތުރުން، ގާނޫނާ ޤާވާއިދުތަކަށް އަހުލުވެރިކުރުވުމާއި، ދަރިން ތަރުބިއްޔަތުކުރުމަށް ބެލެނިވެރިން އަހުލުވެރިކުރުވުމާއި، އަމާން މުޖުތަމަޢެއް ޤާއިމްކުރުމުގައި ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމެވެ.

މި ޕްރޮގްރާމުގައި 62 ފަރާތަކުން ބައިވެފައިވެއެވެ. މި ޕްރޮގްރާމުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ  މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.

މަސްދަރު: ޕޮލިސްލައިފް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close