ޙަބަރު

އުނގޫފާރު ސްކޫލުގެ ފަރާތުން ބ.އަންހެންފުއްޓަށް ޒިޔާރަތްކޮށްފި

އުނގޫފާރު ސްކޫލް

އުނގޫފާރު ސްކޫލްގެ ފަރާތުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށްދާ ރަށެއް ކަމުގައިވާ ބ.އަންހެންފުއްޓަށް ޒިޔާރަތްކޮށްފިއެވެ. އުނގޫފާރު ސްކޫލްގެ ފަރާތުން އަންހެންފުއްޓަށް ޒިޔާރަތްކުރީ އެ ސްކޫލްގެ ޕީޓީއޭގެ އެގްޒެކިއުޓިވް ކޮމެޓީގެ މެންބަރުންނާއި، ކުލާސް މަންދޫބުންނާއި، ބީޓެކް ދަރިވަރުން އަދި ސްކޫލްގެ ބައެއް އިސްވެރިން ހިމެނޭ ޓީމެކެވެ.

މި ދިޔަ ހޮނިހިރު ދުވަހު ކުރި މި ދަތުރުގައި ދަތުރުގެ ބައިވެރިން ވަނީ އެ ރަށުގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މަސައްކަތްތައް ބަލައިލާފައެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ގޮތާއި ދަނޑުތައް ހައްދާ ބެލެހެއްޓުމަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ބައިވެރިން ވަނީ މަޢުލޫމާތު އެއްކޮށްފައެވެ.

އަންހެންފުށީގައި ކުރަމުންދާ ދަނޑުވެރިކަމުގެ މޭސްތިރިއަކީ އަންހެން ބޭކަނބަލެއް ކަމުގައިވާ އއ.ތޮއްޑޫ، ދޫރެސް ގަމީރާ އާދަމެވެ. އުނގޫފާރު ސްކޫލުން ވަނީ ގަމީރާގެ ފަރާތުން މި ދަތުރުގައި ލިބިގެން ދިޔަ އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް އޭނާ އަށް ޝުކުރު އަދާކޮށްފައެވެ.

This slideshow requires JavaScript.

އުނގޫފާރު ސްކޫލުން ކުރި މި ދަތުރު ކޮށްފައި ވަނީ އުނގޫފާރު ރަޙުމަތުﷲ ބޯޓުގައެވެ. އުނގޫފާރު ސްކޫލްގެ ފަރާތުން ވަނީ މި ދަތުރު އެއްވެސް އަގަކާ ނުލާ ކޮށްދީފައި ވާތީ ބޯޓުގެ ވެރިޔާ ރ.އުނގޫފާރު، އައްސޭރި އަބްދުލް ލަތޫފް ޔޫސުފް އަށް ވެސް ވަރަށް ބޮޑަށް ސުކުރު އަދާކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close