ޙަބަރު

އުނގޫފާރުގައި ކުރިއަށް ދިޔަ ޤާރީ ކޯސް ލެވްލް 1 އަދި 2 ގެ ދަސްވެނިމުން ބާއްވައިފި

ފުނޫނުލް ޤުރްއާނާއި ޖަމިއްޔަތުއް ސައިފު އަދި އުނގޫފާރު ކައުންސިލް ގުޅިގެން އުނގޫފާރުގައި ކުރިޔަށް ގެންދިޔަ ޤާރީކޯސް ލެވެލް 1 އަދި 2 ގެ ދަސްވެނިމުމުގެ ހަފުލާ ބާއްވައިފިއެވެ. މިހަފްލާ ކުރިޔަށް ގެންގޮސްފާވަނީ މިދިޔަ ހުކުރު ދުވަހު އުނގޫފާރު ޖަމިއްޔަތުއް ސައިފް މަރުކަޒުގައެވެ.

މިހަފްލާގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު ޢަލީގެ އިތުރުން އީފިއެސް ކޮލެޖުގެ ރެކްޓަރ ޢަލީ ޒިޔާދު އަދި އެޗްއާރ އެންޑް ފައިނޭންސިން ޑިރެކްޓަރ އަޙްމަދު ޖާދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހަފްލާގައި ޤާރީ ކޯސް ލެވެލް 1 އަދި 2، މި 2 ކޯހުން ކޮންމެ ކޯހެއްގެ ވެސް އެންމެ ރަނގަޅު 5 ބައިވެރިންނަށް ތައްޓާއި އިނާމް ދީފައިވެއެވެ.

އުނގޫފާރުގައި ކުރިއަށް ދިޔަ ޤާރީ ކޯސް ލެވެލް 1 އަދި 2 ދަސްވެނިމުމުގެ ރަސްމިއްޔާތު – ފޮޓޯ: އަޙްމަދު ޝާހް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އީފިއެސް ކޮލެޖުގެ ގެ ރެކްޓާރ އަލީ ޒިޔާދު ވިދާޅުވީ ގޮތުގައި އީޕީއެސް ކޮލެޖުގެ ފަރާތުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ބިންގާ ޕްރޮގްރާމް ރ.އުނގޫފާރު އަދި ދުވާފަރުގައި ކުރިއަށް ގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ޒިޔަދު ވިދާޅުވ ގޮތުގައި މިއީ ހަރުދަނާ ޢާއިލާއެއް ބިނާކުރުމަށް ފަރުދީގޮތުން އުފުލަން ޖެހޭ ޒިންމާތަކާ ހުނަރުތައް ދަސްކޮށްދޭ ޕްރޮގުރާމެކެވެ.

މީގެ އިތުރުން ޒިޔާދުގެ ވާހަކަފުޅުގައި އީޕީއެސް ކޮލެޖުގެ ފުރިހަމަ އެހީތެރިކަމާ އެކު އުނގޫފާރުގައި ކުރިއަށް ދިޔަ ޤާރީ ކޯސް ލެވެލް 1 އަދި 2 ފުރިހަމަ ކުރި ފަރާތްތަކަށް މަރުހަބާ ދެންނެވިއެވެ.

ޒިޔާދުގެ ވާހަކަފުޅުގައި ޤާރީ ކޯސް ލެވެލް 1 އަދި 2 ގެ އިތުރު ބުރަކާއެކު އިމާމުން ތަމްރީން ކުރާ ކޯހެއް އުނގޫފާރުގައި ކުރިއަށް ގެނދިއުމަށް ނިންމާފައި ވާކަން އިއުލާން ކުރެއްވިއެވެ.

އުނގޫފާރުގައި ކުރިއަށް ދިޔަ ޤާރީ ކޯސް ލެވެލް 1 އަދި 2 ދަސްވެނިމުމުގެ ރަސްމިއްޔާތު – ފޮޓޯ: އަޙްމަދު ޝާހް

އަދިމިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުނގާފާރު ކައުންސިލް ރާއީސް ވިދާޅުވީ ކޯސްތައް ހިންގެވުމުގައި ކައުންސިލްގެ ފާރާތުން ލިބެންޖެހޭ އެއްބާރުލުން ލިބިގެން ދާނެއެވެ.

އަދި މީގެއިތުރުން މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފުނޫނުލް ޤުރުއާންގެ ފަރާތުން އުނގޫފާރުގައި ކޯސްތައްހިންގެވުމުގައި އިސްކޮން ހަރަކާތްތެރިވާ އަލްފާޞިލް ޢަލީ މާހިރު ވަނީ އީފީއެސް ކޮލެޖްގެ ފަރާތުން މިކޯސްތައް ހިންގެވުމުގައި ލިބޭއެއްބާރުލުން ފާހަގަކުރައްވާ އެބާފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފުނޫނުލް ޤުރްއާންގެ ފަރާތުން މި ކޯސްތައް ހިންގުމަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އީޕީއެސް ކޮލެޖުގެ ފަރާތުން ވަނީ ފުނޫނުލް ޤުރްއާނަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

އުނގޫފާރުގައި ކުރިއަށް ދިޔަ ޤާރީ ކޯސް ލެވެލް 1 އަދި 2 ދަސްވެނިމުމުގެ ރަސްމިއްޔާތުގައި އީޕީއެސް ކޮލެޖުގެ ފަރާތުން ފުނޫނުލް ޤުރުއާނަށް ހަނދާނީ ފިލައެއް ހަވާލުކުރަނީ – ފޮޓޯ: އަޙްމަދު ޝާހް
ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Ais Recent comment authors
Ais
Guest
Ais

Jamuyyathun saif in ebbarulumeh nudhey mifahar..dhogu habareh

Close