ޙަބަރުވިޔަފާރި

ފޭރާން ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފޯނު ވަގަށްނަގައިފި

އުނގޫފާރު ރީލަނަލް ހޮސްޕިޓަލް ސަހަރައްދުގައި ހުންނަ ފޭރާން ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ މޮބައިލްފޯނު ވަގަށް ނަގައިފިއެވެ. މިކަމެއް ހިންގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ލަފާކުރެވެއެވެ.

ވައްކަންކުރި މީހުންވަނީ ފޯނު ރެކާއި ދިމާލުން ބިއްލޫރި ގަނޑު ތަޅާލުމަށްފަހު ރެކުގައި ހުރި ގިނައަދަދެއްގެ ފޯނު ގެންގޮސްފައެވެ.

ފޭރާން ފިހާރާގައި ހަރުކޮށްފައި ހުރި ސެކުރިޓީ ކެމެރާގެ ފުޓޭޖް ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close