ޙަބަރު

ވޯޓާސް ލިސްޓް އާންމުކޮށްފި – ނަން އޮތްތޯބެލުން ފަރުދީ ޒިންމާއެއް

ރިޔާސީ އިންތިހާބު 2018

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ އާއްމުކޮށްފިއެވެ.

އެލިސްޓްގައި ތިމާގެ ނަން ހިމެނިފައި އޮތްތޯއާއި ހިމެނިފައި ވާނަމަ އެނަން އޮތީ ރަގަނޅަށްތޯ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށްތޯ ބަލައި މައްސަލައެއް އުޅޭނަމަ އެމައްސަލައެއް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަކީ ތިމާގެ ފަރުދީ ޒިންމާއެއްކަމުގައި ދެކި އެކަން ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

263،000 މީހުންގެ ނަންހިމެނޭ ލިސްޓް  މިރޭ އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކުރީ ގެޒެޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގަ އެވެ. އެ ލިސްޓު 11 ޖޫން އިން ފެށިގެން ރަށްރަށުގެ ކައުންސިލްތަކުގައި ވެސް އާއްމުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓު އަވަހަށް އާއްމުކުރީ، އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް އުޅޭ ނަމަ އެކަން ހައްލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެން ލިސްޓު ހަދާފައި ވާނީ ވީހާވެސް ޝަކުވާ މަދުވާނެ ގޮތަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.

ލިސްޓު ޗެކްކުރުމަށް ފަހު ވީހާވެސް އަވަހަކަށް އެ މައްސަލައެއް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން އެދެ އެވެ. މިލިސްޓްގައި ވާގޮތުން އުނގޫފާރުގައި ވޯޓުދިނުމުގެ ހައްޤުލިބިގެންވާ 1107 މީހުން އެނަތިއްބެވެ.

ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ އުނގޫފާރު ރައްޔިތުންގެ ލިސްޓް ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ!

http://www.gazette.gov.mv/PE_2018_PVL/e06.pdf

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close