ޙަބަރުކުޅިވަރުވިޔަފާރި

އުފާ މަސްރޭހުގެ މެއިންސްޕޮންސަރަކަށް ވެސްޓްބީޗް

އުފާ މަސްރޭސް 1439

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއޭސަން (އުފާ) ގެ ފަރާތުން ކޮންމެ އަހަރު ބާއްވަމުން އަންނަ މަސްރޭސް މުބާރާތުގެ މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެސްޓްބީޗް ހަމަޖެހިއްޖެއެވެ.

އުނގޫފާރު ޑޮޓްކޮމް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުފާގެ ރައީސް އިބްރާހީމް ޒަޔާން ވިދާޅުވީ މިފަހަރުގެ މަސްރޭހުގެ މެއިން ސްޕޮންސަރަކީ އުނގޫފާރު ވެސްޓްބީޗް ކަމަށެވެ.

ވެސްޓްބީޗް އަކީ އުނގޫފާރުގައި ފުޅާދާއިރާއެއްގައި ރެސްޓޯރަންޓް ވިޔަފާރި އާއި ދަތުރުފަތުރުގެ ވިޔަފާރި ކުރަމުން އަންނަ ބައެކެވެ.

ފާއިތުވި 3 އަހަރު އުފާ މަސްރޭހުގެ މެއިން ސްޕޮންސަރ އަކީ އެލިޔާ އިންވެސްޓްމަންޓްގެ “ޔަމަހާ” ބްރޭންޑް އެވެ.

އުފާ މަސްރޭސް 1439 ފެށުމަށް ހަމަޖެހިފައިވަނީ 2 ސައްވާލް 1439 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close