ކުޅިވަރު

ވެސްޓް ބީޗް އުފާ މަސް ރޭސް 1439 – ފުރަތަމަ ބުރު

ވެސްޓް ބީޗް އުފާ މަސްރޭސް 1439 ގެ ލައިވް ކަވަރޭޖަށް މަރުހަބާ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 5 ޓީމެވެ. އެއީ ވެސްޓް ބީޗް، ރަވަ ޓީމް، ޓީމް ބެސްޓް ޕްރައިޒް، ރޮދި އަދި ޓީމް 2 ލަކި ޗޫސް އެވެ.

މި މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު މިއަދު މެންދުރު 14:45 ގައި އޮންނައިރު ޓީމްތައް މަހަށް ފުރާނީ 15:00 ގައެވެ.

ވެސްޓް ބީޗްއުފާ މަސްރޭސް 1439 ގެ އެއްވަނަ ޓީމަށް އިނާމެއްގެ ގޮތުގައިސައިކަލެއް ހުށައަޅައިފިއެވެ. އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށައަޅާފައިވަނީ މި މުބާރާތުގެ ކޯ ސްޕޮންސާ ރާއްޖޭގެ މަޝްހޫރު ލޮޓަސްބައިކް ޝޮޕްގެ ފަރާތުންނެވެ. އަށާރަހާސް ރުފިޔާގެ އަގުހުރި މިސައިކަލާއެކު ޗެމްޕިއަންޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް އުފާއިން ދޭނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާ އަކީ ވެސްޓް ބީޗް ރެސްޓޯރަންޓެވެ. އަދި ކޯ ސްޕޮންސަރުންނަކީ ލޮޓަސް ބައިކް ޝޮޕް، ދިރާގު އަދި އެލައިޑް އިންސޯރެންސެވެ. މި މުބާރާތުގެ ސައުންޑް އެންޑް ލައިޓިން ޕާޓްނާ އަކީ ފޮލޯމީ، ފެއިތުފުލް އަދި ގްރީން ވިލަރެސް އިންވެސްޓްމެންޓެވެ.

މަސްރޭހާއެކު މަސްރޭހުގެ ފޮޓޯ އިންސްޓޯގްރާމްކޮށްގެން އިނާމެއް ލިބޭ މުބާރާތެއް ވެސް ކުރިއަށް ދާނެވެ. މި މުބާރާޓް ސްޕޮންސާ ކޮށްފައި ވަނީ  ނެން އިންވެސްޓްމެންޓުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close