ޙަބަރުކުޅިވަރު

އުފާ މަސްރޭހާއެކު އިންސްޓޯގްރާމް ފޮޓޯ މުބާރާތެއް!

އުފާއިން މިހާރު ކުރިއަށް ގެންދާ “ވެސްޓްބީޗް އުފާ މަސް ރޭސް 1439” މި ބުރާތާއެކު ޙާއްސަ އިންސްޓޯގްރާމް ފޮޓޯ މުބާރާތެއް ފެށިއްޖެއެވެ.

މި މުބާރާތުގައި މަސް ރޭސް ކުރިއަށްދާ 3 ދުވަސް ކަމުގައިވާ ޖޫން 17، 18 އަދި 19 މި 3 ދުވަހުން ކޮންމެ ދުވަހެއްގެ ރޭގަނޑު 22:00 ގެ ކުރިން މި މަސްރޭހާ އެންމެ ހިތްގައިމު ފޮޓޮއެއް އިންސްޓޯގްރާމަށް އަޕްލޯޑްކޮއްގެން އިނާމެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ގޮތުން ކޮންމެ ދުވަހަކު ވެސް އެންމެ ހިތްގައިމު ފޮޓޮއެއް އަޕްލޯޑް ކުރާ ފަރާތަކަށް ޙާއްސަ އިނާމެއް ލިބިގެންދާނެއެވެ. މި އިނާމް ސްޕޮންސާކޮށްފައި ވަނީ ނެން އިންވެސްޓްމެންޓުންނެވެ.

މި މުބާރާތަށް ފޮޓޯ އަޕްލޯޑް ކުރާނީ “#UFAAMasreys1439” މި ހޭޝް ޓެގް ބޭނުންކޮއްގެންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close