ކުޅިވަރު

މަސްރޭހުގެ ފުރަތަމަ ބުރު ބޮޑު ތަފާތަކުން ވެސްޓް ބީޗް ކާމިޔާބުކޮށްފި

ވެސްޓް ބީޗް އުފާ މަސްރޭސް 1439 ގެ ފުރަތަމަ ބުރު ތަފާތު ބޮޑު ނަތީޖާ އަކުން ޓީމް ވެސްޓް ބީޗް ކާމިޔާބުކޮށްފިއެވެ. އިއްޔެ ކުރިއަށް ދިޔަ މުބާރާތުގެ ފުރަތަމަ ބުރު ވެސްޓްބީޗް ކާމިޔާބުކޮށްފައި ވަނީ  145 ކިލޯގެ މަސް ބާނައިގެންނެވެ. މިއީ އެހެން ޓީމް ތަކާ އަޅާ ބަލާއިރު 3 ގުނަ އިތުރު އަދަދެކެވެ.

މި ބުރުގެ 2 ވަނައަށް ގޮސްފައި ވަނީ ބެސްޓް ޕްރައިޒްއެވެ. އެ ޓީމުން ބާނާފައި ވަނީ ޖުމްލަ 38.7 ކިލޯގެ މަހެވެ. 3 ވަނަ އަށް ގޮސްފައި ވަނީ 35.9 ކިލޯގެ މަސް ބާނައިގެން މުބާރާތުގައި މުޅިން އަލަށް ވާދަ ކުރާ ޓީމް ދެލަކި ޗޫޒް އެވެ.

24.6 ކިލޯގެ މަސް ބާނައިގެން ރޮދި ރޭގެ ބުރުގެ 4 ވަނައަށް ގޮސްފައި ވާ އިރު ޓީމް ރަވަ އިން އެއްވެސް މަހެއް ނުބާނައެވެ. ޓީމް ރަވަ މަހަށް ފުރި ޑިންގީގެ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ޓީމަށް މަސްވެރިކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ރޭގެ އެންމެ ބޮޑު މަހެއް ބާނާފައި ވަނީ ބެސްޓް ޕްރައިޒް ޓީމްގެ އަހުމަދު ރިޔާޒެވެ.

ވެސްޓް ބީޗް އުފާ މަސް ރޭހުގެ 2 ވަނަ ބުރު މިއަދު އޮންނާނެއެވެ. 2 ވަނަ ބުރަށް ޓީމުތައް މަހަށް ފުރުމަށް ހަމަޖެހިފައި ވަނީ މެންދުރު 15:00 ގައެވެ. އަދި ޓީމުތައް މަހުން ލެފުމަށް ހަމަޖެހިފައި ވަނީ މިރޭގެ 22:00 ގެ ކުރިންނެވެ.

ވެސްޓް ބީޗްއުފާ މަސްރޭސް 1439 ގެ އެއްވަނަ ޓީމަށް އިނާމެއްގެ ގޮތުގައިސައިކަލެއް ހުށައަޅައިފިއެވެ. އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށައަޅާފައިވަނީ މި މުބާރާތުގެ ކޯ ސްޕޮންސާ ރާއްޖޭގެ މަޝްހޫރު ލޮޓަސްބައިކް ޝޮޕްގެ ފަރާތުންނެވެ. އަށާރަހާސް ރުފިޔާގެ އަގުހުރި މިސައިކަލާއެކު ޗެމްޕިއަންޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް އުފާއިން ދޭނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާ އަކީ ވެސްޓް ބީޗް ރެސްޓޯރަންޓެވެ. އަދި ކޯ ސްޕޮންސަރުންނަކީ ލޮޓަސް ބައިކް ޝޮޕް، ދިރާގު އަދި އެލައިޑް އިންސޯރެންސެވެ. މި މުބާރާތުގެ ސައުންޑް އެންޑް ލައިޓިން ޕާޓްނާ އަކީ ފޮލޯމީ، ފެއިތުފުލް އަދި ގްރީން ވިލަރެސް އިންވެސްޓްމެންޓެވެ. މުބާރާތް އުނގޫފާޜު.ކޮމް ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރުމަށް ހަމަޖެހިފައި ވާއިރު ފޭސްބުކް ލައިވް ސްޕޮންސާ ކޮއްފައި ވަނީ ވިލުބާނި ލޯންޗުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ޢަބްދުއްރަޝީދު އިސްމާޢީލު Recent comment authors
ޢަބްދުއްރަޝީދު އިސްމާޢީލު
Guest
ޢަބްދުއްރަޝީދު އިސްމާޢީލު

މަސްރޭހުން އެއްވަނަ އަންނަ ފަރާތަކަށް ސައިކަލަކާއި 8000 ރުފިޔާ ހުށައެޅިފައިވާއިރު ރަމަޟާންމަހަން އެއްމެ ޚާއްސަ މުބާރާތެއްކަމުގައިވާ ދީނީ ސުވާލުމުބާރާތުގެ އިނާމުއެވަނީ ވަރަށް ހީނަރުކޮށެވެ. އަޑުން ވެސް ރަމަޟާންމަހު ކޮންމެ ދުވާލަކު ދީނީ ސުވާލެއް ހުށައަޅާ އެމުބާރާތުގެ އެއްވަނައަށް ވަނީ 25000 ރުފިޔާހުށައަޅާފައެވެ. ވީ.ޓީ.ވީ އަދި ޗެނަލް13އިން ވަނީ ޢުމުރާދަތުރެއް ހުށައަޅާފައެވެ. ވީމާ މިމުބާރާތުގެ އިނާމާދޭތެރޭ އިތުރަށް ވިސްނައިވަޑައިގަތުން އެދެމެވެ. އަދި ތިޔަފަދަ މުބާރާތްތަކަެއް ޚާއްސަކޮށް މީޑިއާ ބޭނުންކުރާ ހުރިހާފަރާތް ތަކަން ބައިވެރިވެވޭގޮތަށް ބާއްވާތީ ތިޔަބޭފުޅުންނަށް ވ.ޝުކުރުވެރިވަމެވެ. މުބާރާތުގައި ބައިވެރި ވުމުގެ އުސޫލާ ނަތީޖާ ބެލުމުގެ އުސޫލު ހެދިފައިވާލެއް ވ. ފުރިހަމައެވެ. އުއްމީދަކީ ހުރިހާމުބާރާތެއްގެ ނަތީޖާ އިންސާފުވެރިވެ އެއިނާމެއްގެ ޙައްޤުވެރިޔަކަން އެއިނާމެއް ލިބިގެންދިއުމެވެ.

Close