ޙަބަރުކުޅިވަރު

ވެސްޓް ބީޗް އުފާ މަސްރޭސް 1439 ގެ ފައިނަލް

ވެސްޓް ބީޗް އުފާ މަސްރޭހުގެ ފައިނަލް ބުރުގެ ލައިވް އަޕްޑޭޓާށް މަރުހަބާ. މި މުބަރަކީ މި މުބާރާތް ކާމިޔާބު ކުރާނެ ޓީމެއް ކަށަވަރުވެގެން ދާނެ ބުރު.

މުބާރާތުގެ ކުރިން ބާއްވާފައިވާ 2 ބުރުގެ ޖުމްލައަށް ބަލާ އިރު 230.2 ކިލޯ މަސް ބާނައިގެން 1 ވަނާގައި ވެސްޓް ބީޗް އުޅޭ އިރު 115.9 ކިލޯ ބާނާގެން 2 ވަނާގައި އުޅެނީ ބެސްޓް ޕްރައިޒްއެވެ. 83.9 ކިލޯ ބާނައިގެން 3 ވަނާގައި އުޅެނީ ޓީމް 2 ލަކި ޗޫސްއެވެ. 76.4 ކިލޯ މަސް ބާނައިގެން ޓީމް ރޮދި މުބާރާތުގެ 4 ވަނާގައި އުޅޭ އިރު ރަވަ ޓީމް އުޅެނީ 33.4 ކިލޯގެ މަސް ބާނައިގެން 5 ވަނާގައެވެ.

މުބާރާތުގެ ފަހު ބުރު އަދި ފައިނަލް ބުރު މިއަދު އޮންނާނެއެވެ. ފައިނަލް ބުރުގައި ޓީމްތައ މަހަށް ފުރާނީ މިއަދު މެންދުރު 15:00 ގައެވެ.

ވެސްޓް ބީޗްއުފާ މަސްރޭސް 1439 ގެ އެއްވަނަ ޓީމަށް އިނާމެއްގެ ގޮތުގައިސައިކަލެއް ހުށައަޅައިފިއެވެ. އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށައަޅާފައިވަނީ މި މުބާރާތުގެ ކޯ ސްޕޮންސާ ރާއްޖޭގެ މަޝްހޫރު ލޮޓަސްބައިކް ޝޮޕްގެ ފަރާތުންނެވެ. އަށާރަހާސް ރުފިޔާގެ އަގުހުރި މިސައިކަލާއެކު ޗެމްޕިއަންޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް އުފާއިން ދޭނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާ އަކީ ވެސްޓް ބީޗް ރެސްޓޯރަންޓެވެ. އަދި ކޯ ސްޕޮންސަރުންނަކީ ލޮޓަސް ބައިކް ޝޮޕް، ދިރާގު އަދި އެލައިޑް އިންސޯރެންސެވެ. މި މުބާރާތުގެ ސައުންޑް އެންޑް ލައިޓިން ޕާޓްނާ އަކީ ފޮލޯމީ، ފެއިތުފުލް އަދި ގްރީން ވިލަރެސް އިންވެސްޓްމެންޓެވެ. މުބާރާތް އުނގޫފާޜު.ކޮމް ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރުމަށް ހަމަޖެހިފައި ވާއިރު ފޭސްބުކް ލައިވް ސްޕޮންސާ ކޮއްފައި ވަނީ ވިލުބާނި ލޯންޗުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
އަބުސީ Recent comment authors
އަބުސީ
Guest
އަބުސީ

ކޮބާ ދީނީސުވާލުމުބާރާތުގެ ނަތީޖާ މިމުބާރާތްމަތިން ހަދާންނައްޓާލައި ހަމައެކަނި މަސްރޭހައި ވެގެން ތިޔައުޅެވެނީ

Close