
ރ އަތޮޅު ކައުންސިލާއި އަދާރަން ސެލެކްޓް މީދުއްޕަރު ރިސޯޓާއި ގުޅިގެން ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ހިންގުމަށް ހަމަޖައްސާ އެކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރ އަތޮޅުގެ ފަރާތްތަކަށް ހުޅުވާލައިފިއެވެ. މިކަމަށްއެދި އެކައުންސިލުން ކޮށްފައިވާ އިއުލާނުގައ ބުނެފައިވަ ގޮތުން މިކޯހުގެ ބައިވެރިންނަށް ކޯހުގެ މުއްދަތުގެތެރޭގައި މަހަކު އެއްހާސް ރުފިޔާގެ އެކެވަންސެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ރ އަތޮޅު ކައުންސިލާއި އަދާރަން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ:
- ފުޑް ޕްރެޕަރޭޝަންސް
- ފުޑް އެންޑް ބެވަރޭޖް ސަރވިސް ޕާސަނަލް
- ޕޭސްޓްރީ އެންޑް ބޭކަރީ ސެފް
- ފްރަންޓް އޮފީސް
- ހައުސް ކީޕިންގ
- މެރިން މެކޭނިކްސް
- އިލެކްޓްރިޝަންސް
- ޕްލަމްބަރިންގ
- ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ
މިކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަދާރަން ސެލެކްޓް މީދުއްޕަރު ރިސޯޓާއި އަދާރަން ސެލެކްޓް ހުދުރަންފުށީގައެވެ. 1 އޮގަސްޓް 2018 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުހެ މުއްދަތަކީ 3 މަސް ދުވަހެވެ. މިކޯސްތަކަށް ކުރިމަތި ލުމުގެ އެއްމެ ދައް ޝަރުތަކީ ގްރޭޑް 7 ނިންމާފައިވުމެވެ.
ކޯހުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށައެޅުމުގެ ސުންގަޑި އަކީ 19 ޖުލައި 2018 އެވެ. ފޯމުހުށައަޅަން ޖެހޭނީ ރ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.