ޙަބަރުކުޅިވަރު

ރޯދަ ކްއިޒް އަދި މަސްރޭހުގެ އިނާމް ހަވާލުކުރުން މިރޭ ބާއްވަނީ

މި ރޯދަމަހު އުފާއިން ކުރިއަށް ގެންދިޔަ “ފޮލޯމީ އުފާ ރޯދަ ކްއިޒް 1439” އަދި ހަރޯދަ ތެރޭ ކުރިއަށްގެންދިޔަ “ވެސްޓް ބީޗް އުފާ މަސްރޭސް 1439” ގެ ނަތީޖާ އިއުލާނުކޮށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މިރަސްމިއްޔާތު އޮންނާނީ މިރޭ 22:00 ގައި އުނގޫފާރު ސްޓޭޖްގައެވެ.

ދީނީ ކުއިޒް މުބާރާތުގެ ހުރިހައި ސުވާލެއްގެ ޖަވާބު ރަގަނޅުކުރައްވައިގެން 10 ފަރާތެއް ވަނީ ގުރުއަތަށް ހޮވިފައެވެ. އެ ދިހަފަރާތުގެ މެދުގައި ގުރުއަތުން ނެގޭ 3 ފަރާތަކަށް، ކޮންމެ ފަރާތަކަށް އެއްހާސް ރުފިޔާގެ ފައިސާގެ އިނާެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މަސްރޭހުގެ އެއްވަނަ ޓީމަށް ލޮޓަސް ބައިކް ޝޮޕްގެ ފަރާތުން ހުށައަޅާފައިވާ 18 ހާސް ރުފިޔާގެ އަގުހުރި ސައިކަލް އަދި ފައިސާގެ އިނާމުގެ އިތުރުން ދެވަނަ އަދި ތިންވަނަ ޓީމަށްވެސް މިރޭގެ ރަސްމިއްޔާތުގައި ފައިސާގެ އިނާމު ހަވާލުކުރުން އޮންނާނެއެވެ.

އަދި މީގެ އިތުރުން މިދެ މުބާރާތް ކުރިއަށް ގެންދިއމުގައި އުފާއަށް އެހިތެރިކަން ދެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކުރުން ވެސް މިރޭ އޮންނާނެއެވެ.

މިރަސްމިއްޔާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރި ވުމަކީ އުފާގެ ވަރަށްބޮޑު އެދުމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close