ޙަބަރުރ.އަތޮޅުކުޅިވަރުމުނިފޫހި ފިލުވުން

ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރަން އުނގޫފާރު ތައްޔާރުވަނީ

އަލްހާ ޢީދު 1439

1439 ވަނަ އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް އުނގޫފާރުގައި ފާހަގަ ކުރަން ތައްޔާރުވާން ފަށައިފިއެވެ. މިކަމަށްޓަކައި މަޝްވަރާކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ހޮނިހިރު ދުވަހުގެރޭ ވަނީ ބާއްވާފައެވެ.

އުނގޫފާރު ކައުންސިލާއި އުނގޫފާރުގެ ކްލަބް ޖަމާއަތްތަކުގެ އިސްފަރާތްތަކާއި އުނގޫފާރު ގައި ޢީދު ފާހަގަކުރުމުގައި މީގެކުރިން އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތައް ބައިވެރިވި މިބައްދަލުވުން އޮތީ ހޮނިހިރު ދުވަހުގެރޭ 20:30 އުނގޫފާރު ޒުވާނުންގެ މަރުކަޒުގައެވެ.

މިބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާކުރެވިފައިވަނީ އީދު ފާހަގަ ކުރާނެތޯ ނޫންތޯ އާމެދުގައެވެ. ކުރެވުނު މަޝްވަރާ ތަކަށްފަހު އެންމެންގެ އިއްތިފާގުން ނިމުނީ ކުލަގަދަކޮށް އީދު ފާހަގަ ކުރުމަށެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެން މަޝްވަރާ ކުރެވިފައިވަނީ އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަންހުރި ބައެއްކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި މިކަމަށް ބަޖެޓް ހޯދާނެ ގޮތަކާއި އަދި މީގެ ކުރިން ޢީދު ފާހަގަ ކުރުމުގައި ފާހަގަ ކުރެވިފައި ހުރި މައްސަލަތަކާއި އެމައްސަލަ ތައް ހައްލުކުރުމާއި ގުޅޭ ގޮތުންނެވެ.

މިގޮތުން އެ ބައްދަލުވުމުގައިވަނީ 10 މެމްބަރުންގެ ވަގުތީ ކޮމެޓީއެއް އެކުލަވާލާފައެވެ. މިކޮމެޓީގެ މަސައްކަތަކީ ދެން އޮންނަ ބައްދަލުވުމަކަށް ވާއިރަށް ކުރިން ފާހަގަ ކުރެވިފައި ހުރި ކަންކަން ރަނގަޅު ކުރެވިދާނެގޮތްތަކެއްގެ ޑްރާފްޓެއް އެކުލަވާ ލުމާއި އީދުގެގައި ކުރިއަށްގެންދާނެ ކުޅިވަރުތައް ހިމެނޭ ޕްރޮގްރާމް ގައިޑެއް ތައްޔާރު ކުރުމެވެ.

ރޭ އެކުލަވާލި ވަގުތީ ކޮމެޓީގައި ތިއްބެވީ

  • މުހައްމަދު މަނިކް
  • އަބްދުލް ޤާދިރު
  • ހަސަން އިރުފާނު
  • އަހުމަދު ނިޔާޒު
  • ހުސައިން ހަމީދު
  • މުހައްމަދު ފައިސަލް
  • މުޖުތަބާ ޔޫސުފް
  • އިބްރާހީމް ޒަޔާން
  • މިދުހަތު އަބްދުލް މަންނާނު
  • ފާތިމަތު ސިމްލާ

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Eid Recent comment authors
Eid
Guest
Eid

Abadhu ehkameh kuraanee

Close