ޙަބަރު

އުނގޫފާރު ސްކޫލްގެ 37 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި

އުނގޫފާރު ސްކޫލް

އުނގޫފާރު ސްކޫލްގެ 37 ވަނަ އަހަރީ ދުވަސް ވަރަށް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. މިކަމަށްޓަކައި އެސްކޫލުގައި އިއްޔެވަނީ ހާއްސަ އެސެމްބްލީ އަކާއެކު ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހާއްސަ އެސެމްބްލީ އަށްފަހު ކޭކުފެޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އުނގޫފާރު ސްކޫލްގެ އަހަރީ ދުވަހުގެ ގޮތުގައި ކުރިން ބަލަމުން އައީ 18 ޑިސެމްބަރުއެވެ. ސްކޫލް ހުޅުވާފައިވަނީ 1983 ވަނަ އަހަރު ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. އެތާރީހަށް ބަލައިގެން އުނގޫފާރު ސްކޫލަށް 25 އަހަރު ފުރިފައިވަނީ 2008 ވަނަ އަހަރު ޑިސެމްބަރ ބައެވެ. އަދި 2009 ވަނަ އަހަރު އޭޕްރީލްމަހު ވަނީ އުނގޫފާރު ސްކޫލުގެ ރިހިޔޫބީލް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން 24 ޖޫން އަށް އަހަރީ ދުވަސް ބަދަލުވެ 37 ވަނަ އަހަރީދުވަސް އިއްޔެ ފާހަގަ ކޮށްފައިމިވަނީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްގެ ރެޖިސްޓްރީކަންކަން ނިންމައި ފޮނުވި ލިޔުންތަކުން ސްކޫލް ހުޅުވި ތާރީހަކީ 24 ޖޫން 1981 ކަމަށް ދައްކާތީއެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close