ޙަބަރު

އޭސީސީގެ ހުއްދައާއެކު އިންޖީނު ގެނެސްފި

އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ

އުނގޫފާރު ކައުންސިލުން އުނގޫފާރު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަގަނޅު ކުރުމަށްޓަކައި ގަތުމަށް އިއުލާނުކުރި އިންޖީނު އިއްޔެ އުނގޫފާރަށް ގެނެސްފިއެވެ. މިއިންޖީނު އުނގޫފާރަށް މިގެނެ ވުނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއިންޖީނުގެ މުއާމަލާތް ބެލުމަށްފަހު ގެނައުމަށް ހުއްދަދިނުމުންނެވެ.

އުނގޫފާރު ޓޮޑްކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން އަމިއްލަ ފަރާތަކުން ވަނީ އިންޖީނުގަތުމަށް ހިންގުނު މުއާމަލާތްތަކުގެ ކަންކަން އޭސީސީއަށް ހުށައަޅާފައެވެ. މި އިންޖީނުގަތުމަށް ހިންގުނު މުއާމަލާތްތައް ސައްހަ ނޫންކަމަށްބުނެ އޭސީސީއަށް ހުށައެޅުމާއި ގުޅިގެން އޭސީސީން ކުރިންވަނީ މިކަން މަޑުޖައްސާލަން އަންގާފައެވެ. މިކަމުގެ ހުރިހައި މުއާމަލާތެއް އޭސީސީން ބެލުމަށްފަހު ނިންމާފައިވަނީ މިއިންޖީނުގަތުމުގައި އުނގޫފާރު ކައުންސިލުން އަމަލުކޮށްފައިވަނީ ރަގަނޅަށްކަމަށެވެ.

އުނގޫފާރު ކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީންގެއަށް 500 ކިލޯވޮޓް ވޯލްވޯ ނުވަތަ 500 ކިލޯ ވޮޓްގެޔޫކޭ ކަމިންސް ޖަނަރޭޓަރެއް ގަތުމަށް ބޭނުންވެގެން އިއުލާނު ކޮށްފައިވަނީ 3 އޭޕްރީލްގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close