ޙަބަރުރ.އަތޮޅުކުޅިވަރުގޯލްޑެން ޖުބުލީ

މުބާރާތުގެ ފުރަތަމަ މެޗުގައި ޔަންގް ސްޓަރ އަދި އެފްސީ އޯކޭ

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ޖަމްއިއްޔަތުއް ސައިފް ގެ ރަންޔޫބީލްގެ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ ސައިފް ގޯލްޑަން ޖުބުލީ 6 ވަނަ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބައްވާއިފިއެވެ. ގުރުއަތުލުމުގެ ރަސްމިއްޔާތު އޮތީ 20 ޖުލައި 2018 ވީ ހުކުރު ދުވަހުގެރޭ ޖަމްއިއްޔަތުއްސައިފްގެ އިދާރީ މަރުކަޒުގައެވެ.

އުނގޫފާރު ދާއިރާގެ 3 ރަށަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ އުނގޫފާރުގެ ފަސްޓީމާއި މާކުރަތުގެ އެއްޓީމެވެ. ހުޅުދުއްފާރުގެ ޓީމެއް މިއަހަރު ބައިވެރިވެފައެއްނުވެއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ޔަންގް ސްޓަރ، އެފްސީ އޯކޭ އަދި މާކުރަތު އެފްޓީ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ވައިނޮޓް ސްޕޯޓްސް އާއި އެންމެ ފަހުގެ ރަނަރަޕް ތިޔަމަސް އެކްސް އާއި އެންމެ ފަހުގެ ޗެމްޕިއަން ޑަބަލް އެލްއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެޓީމް ކަމަށްވާ އުނގޫފާރު ޔަންގް ސްޓަރ އަދި އެފްސީ އޯކޭ އެވެ. މި ގުރޫޕްގައި ހިމެނޭ މާކުރަތު ޓީމަކީ މިމުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޓީމެކެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 27 ޖުލައި 2018 ވާ ހުކުރު ދުވަހު ހަވީރުއެވެ. މުބާރާތުގެ މުބާރާތުގެ ސެމީފައިނަލް ދެމެޗު އޮގަސްޓް 2 އަދި 3 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 5 އޮގަސްޓް 2018 ވާ އާދީއްތަ ދުވަހު އެވެ.

6 ޓީމް ބައިވެރިވެފައިވާ މިމުބާރާތުގައި ކުޅެވޭ 9 މެޗުވެސް ކުރިއަށްދާނީ އުނގޫފާރު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންޓީމަކީ ދަ ޑަބަލް އެލްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close