ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

އެފްސީ އޯކޭ ވެސް ދުލެއްނުދޭނެ

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ އޯކޭ މިއަދު ހަވީރު މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަބަޔަކު ޤަބޫލުކުރާ ޔަންގް ސްޓަރ އާއި ދެކޮޅަން ނިކުންނާނެއެވެ. މިމެޗަށް އެފްސީ އޯކޭ ނިކުންނަ އިރު ޓީމު އޮތީ މިއަދުގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

އެފްސީ އޯކޭގެ ކުރުތާރީކަށް ބަލާލާއިރު އެފްސީ އޯކޭ އަކީ 2015 އަހަރު އުފެދުނު ޓީމެކެވެ. ޓީމު އުފެއްދުމުގައި އެއްމެއިސްކޮން އުޅުއްވީ އަހުމަދު އާސިފް ފަހުރު ރ. އުނގޫފާރުއެވެ. ސައިފް ގޯލްޑަން ޖުބުލީ 2018 ގައި ފެނިގެންދާނެ އެންމެ ޒުވާން ޓީމް އަކަށް ވާނީ އޯކޭ އެވެ. މުބާރާތައް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި މިޓީމް ވަނީ 2016 ވަނަ އަހަރުގެ ސައިފް ގޯލްޑެން ޖުބުލީގައި ކުޅެފައެވެ. މާއެދެވޭ ކާމިޔާބީއެއް ޓީމަށް ހޯދިފައި ނުވި ނަމަވެސް 2018 ވަނަ އަހަރު ބޭއްވި ޕޮލިސް ޔޫތު ފުޓްސަލް މުބާރާތުގެ ސެމީގައި އެފްސީ އޯކޭ ވަނީ ކުޅެފައެވެ.

މަހުދީގެ މެނޭޖަރު ކަމުގެ ދަށުގައި ސައިފް ގޯލްޑަން ޖުބުލީއަށް ޓީމު ނިކުތީ އުނގޫފާރު އެފްސީގެ 3 ކުޅުންތެރިންނާއި އެކުގައެވެ. ޓީމު ވަރުގަދަ ކުރުމަށް ޓީމާއި ގުޅިފައިވަނީ ވައި ނޮޓް އަށް ކުޅެމުންދިޔަ ހައިޝަމް އެވެ. މީގެ އިތުރުން ޕޮލިސް ޔޫތު ކަޕް ގައި ޑަބަލް އެލް ޑައިމަންޑްގެ ގޯލް  ބެލެހެއްޓި ލިޖޯވަނީ އޯކޭ ޓީމުގައި ހިމަނާފައެވެ.

ޓިމަށް އަނިޔާގެ މައްސަލަ ކުރިމަތި ވެފައި ވާއިރު ތަޖުރިބާކާރު ކުޅުންތެރިޔާ ޔާސިރު މިއަދުގެ މެޗުގައި ފެންނާނެ ކަމާއި މެދުގައި ވަނީ ސުވާލު އުފެދިފައެވެ. ޓީމުގެ ޕްރެކްޓިސް މެޗުގައި ޔާސިރުގެ ކަކުލަށް ލިބުނު އަނިޔާ މުޅިން ރަގަނޅު ނުވާކަމަށް މެނޭޖަރ މައުލޫމާތުދެއެވެ. މެނޭޖަރ މަހުދީ ގަބޫލު ކުރާގޮތުގައި މިއަދުގެ މެޗު ފަސޭހަ ނުވާނެއެވެ. އަދި އޯކޭ ނިކުންނާނީ ޔަންގުސްޓަރ ގެ ފެންވަރު އެނގިތިބެ ކަމަށެވެ. އެފްސީ އޯކޭ ގެ ފަހަތް ބެލެހެއްޓުމުގެ މައިމުގޫ ކަމުގައިވާ އުނގޫފާރު އެފްސީގެ ޑިފެންޑަ އިލްހާމްގެ ކައިރިން ސަލާމަތް ވުމަކީ އިދިކޮޅުޓީމުތަކަށް ފަސޭހަކަމަކަށް ނުވާނެއެވެ.

އެފްސީ އޯކޭ އާއިއެކު ގުރޫޕް އޭ ގައި ދެންހިމެނެނީ ޔަންގް ސްޓަރ އަދި މާކުރަތު އެފްޓީ އެވެ.

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close